ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެކު، ސްޓެލްކޯގެ ގްރީން ލައިފް ބަސް ސޮޓްޕް ހުޅުވައިފި

ސްޓެލްކޯ ބަސް ސްޓޮޕް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެކު، ސްޓެލްކޯގެ ގްރީން ލައިފް ބަސް ސޮޓްޕް މިއަދު ހުޅުވައިފި އެވެ.

ސްޓްލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ދަތުރުވެރިންނަށް ލުއިފަސޭހަ އަދި ޒަމާނީ ހިދުމަތްތައް ލިބޭނެ ގޮތަށް ތައްޔާރުކުރި ބަސް ސްޓޮޕް ހުޅުއްވައިދެއްވާފައިވަނީ ނައިބް ރައީސް ފައިސަލް ނަސީމެވެ. ބަސް ސްޓޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވަނީ މި ބަސް ސްޓޮޕަކީ ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ސްޓެލްކޯއިން ޒަމާނީ ފެންވަރުގެ ފަސޭހަތަކާއެކު، ފޯރުކޮށްދޭ އަގުހުރި ހަދިޔާއެއް ކަމަށް ވިދާޅުވެފައެވެ.

މުޣުނީ ވިދާޅުވީ ސްޓެލްކޯއަކީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏެއް ކަމަށެވެ. އަދި މި ބަސްސްޓޮޕް ވެގެންދާނީ ބަސް ދަތުރުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ސްޓެލްކޯއިން ދެވޭ އެހީތެރިކަމެއްގެ އިތުރުން، ބަސް ދަތުރުގެ ނިޒާމަށް ސްޓެލްކޯއިން ކޮށްދޭ ވަރަށް މުހިންމު ހިދުމަތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ބަސް ސްޓޮޕާއެކު، ބަސް ޓްރެކިން ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށް ވެސް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.

“ސްޓެލްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭން. އެއް ފުރާޅެއްގެ ދަށުން ފެނާއި ނަރުދަމާގެ ހިދުމަތް މިއަދު ފޯރުކޮށްދެމުން މިގެންދަނީ މިދެންނެވި އަސާސްގެ މަތީގައި، ސްޓެލްކޯގެ އެންމެ ބޮޑު އެއް އަމާޒަކި އެއީ ކަމުގައި ދެކިގެން. މީގެ އިތުރުން، ގައުމީ ކޮންމެ މަސައްކަތަކީ ސްޓެލްކޯގެ ބަދަހި ސަފުތައް އެކަމަށްޓަކައި ރުކުވާލެވިފައިވާ މަސައްކަތްތަކެއް. އެކަން ސްޓެލްކޯގެ މުވައްޒަފުން މިގެންދަނީ ސާބިތުކޮށްދެމުން.” މުޣުނީ

ސްޓެލްކޯގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ތައްޔާރުކޮށްފައިވާ މި ބަސްސްޓޮޕަކީ އޭސީ ކުރެވި، ބޯފެން ލިބޭނެ އިންތިޒާމްތަކާއެކު، އަތްވާއި، ވާރެއިން ދަތުރުވެރިން ހިޔާކޮށްދޭނެ ބަސް ސްޓޮޕެކެވެ.

މީގެ އިތުރުން ބަސް ދަތުރުކުރާ ރޫޓް އެނގުމާއި، ބަސް ކައިރިކުރާ ވަގުތު ކައިރިވެއްޖެކަން ދަތުރުވެރިންނަށް އެނގޭނެ އިންތިޒާމާއި، ފޯނު ޗާޖުކުރުމަށް ޔޫއެސްބީ ޗާޖިންގ ޕޮޓާއި، ކަރަންޓު ނެގޭނެ ޕޮޓްތައް ވެސް ބަސް ސްޓޮޕްގައިވަނީ ގާއިމް ކުރެވިފަ އެވެ.

ބަސްސްޓޮޕަށް ބޭނުންވާ 100 އިންސައްތަ ކަރަންޓު އުފައްދަނީ ބަސްސްޓޮޕްގެ މަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުންނެވެ. މިއީ ރާއްޖޭގައި މިގޮތަށް 100 އިންސައްތަ އިޔާދަ ކުރަނިވި ހަކަތަޔަށް ބަރޯސާ ވާގޮތަށް ގާއިމް ކުރެވުނު އެންމެ ފުރަތަމަ ބަސް ސްޓޮޕެވެ.

ބަސް ސްޓޮޕް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސްގެ އިތުރުން، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސްޓެލްކޯގެ ބޯޑު މެމްބަރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ ބައެއް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: