ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވުމުން ހޯރަފުށީ އެއާޕޯޓް ހުޅުވުން މާދަމާއަށް ފަސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރަށް މޫސުން ގޯސްވުމުން ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުން މާދަމާއަށް ފަސްކޮށްފިއެވެ.

ރައީސް އޮފީހުން ބުނީއުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ޔެލޯ އެލާޓް ނެރެފައިވާތީ، ހޯރަފުށި އެއާޕޯޓު ހުޅުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު މާދަމާށް ފަސްކުރައްވާފައި ވާކަމަށެވެ.

ހޯރަފުށީ ގައި ގާއިމްކޮށްފައިވާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގައެވެ.

ހޯރަފުށީ އެއާޕޯޓް ތަރައްގީކުރި ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އެ އެއާޕޯޓު އަޅަން ބޭނުންވާ ބިމުގެ ސަރަހައްދު ހިއްކައި، ނިމުމުން އެތަނުގައި އެއާޕޯޓު އެޅުމުގެ މަސައްކަތްވެސް ހަވާލުކުރީ އެމްޓީސީސީ އާއެވެ.

މިއީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއަކާ އެކު ތަރައްގީކުރި އެއާޕޯޓެކެވެ. ގައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ މިއަދު ޓެސްޓު ފްލައިޓް ޖެއްސުމާއި އެކު، މާދަމާ އެއާޕޯޓް ރަސްމީކޮށް ހުޅުވާ ޝެޑިއުލް ދަތުރުފެށޭނެކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: