ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ވާން ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ މީޑިއާ ކައުންސިލްގެ ފަސް ވަނަ ދައުރު މުއްދަތު ހަމަވާތީ ހަވަނަ ދައުރަށް ހޮވާ ކައުންސިލް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓުދޭ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުލާފައި ވާކަމަށެވެ.

މި އިންތިހާބުގައި ވޯޓު ދިނުމަށް ބޭނުންވާ ފަރާތްތަކުން ހޯމް މިނިސްޓްރޯ ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ.

އަދި ފޯމާއި އެކު ހުށަހަޅާ ތަކެތި މިމަހުގެ 19، 22، 23، އަދި 25 ވަނަ ދުވަހުގެެ ހެނދުނު 9:30 އިން ފެށިގެން މެންދުރު 13:30 އަށް ހުށަހެޅުމަށް އެ މިނިސްޓްރީ އިން ވަނީ އެދިފައެވެ.

މި އިންތިހާބުގައި މީޑިއާ ތަކުން ވާދަކުރާ ކެންޑިޑޭޓުންނަކީ:

އަލީ ހުސައިން، ޕީއެސްއެމް

މުއިއްޒު އިބްރާހިމް، މިހާރު

އާދަމް ނަވާޒް، ވަގުތު އޮންލައިން

ހަސަން ޝާކިރު މުހައްމަދު، މޯލްޑިވްސް ފިޝާމެން އެސޯސިއޭޝަން

އާދަމް ނަޒީރު، 27 އޮންލައިން

އައިޝަތު ހަމްޒާ، އައުޓްރީޗް.އެމްވީ

ޝަހުބާން ފަހުމީ، ސަންގު

މުހައްމަދު ސިމާއު، ވަން އޮންލައިން

ސައިފް އަޒްހަރު، ވީޓީވީ

ފަތިމަތު ސައިދު، ސަން މީޑީއާ ގްރޫޕް

ފާތިމަތު ސާޔާ އަހުމަދު، ސީއެންއެމް

މަރްޔަމް ނިމާ ހަސަން، ދި ޕްރެސް

ތަހާރަތު މުހައްމަދު ސައީދު، ހަމަ ނިއުސް

ހުސައިން ސަގީފް، ތިލަދުން

އަދި މީގެ އިތުރުން އާންމު މެންބަރުންގެ ގޮތުގައި 14 ކެނޑިޑޭޓަކުވަނީ ކުރިމަތިލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: