ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާ ގެއްލި, ބިކަވި އާއިލާތަކަށް އެހީވަނީ

ޖެންޑަރ މިނިސްޓަރ ޢައިޝަތު މުހައްމަދު ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާ ގެއްލި ދަރިންނާއި އާއިލާ ބިކަވި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެހީވާން ނިންމާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ ވިދާޅުވެއްޖެއެވެ.

އެހީވާންނ ޖެންޑާއިން ނިންމާފައިވަނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށެވެ

މިނިސްޓަރު އައިޝަތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ވަޒީފާ ގެއްލުމާ ގުޅިގެން އާއިލާ އާއި ދަރިން ބިކަވި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެންސްޕާ މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެެވެ

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ގެދޮރު ގެއްލި މަގުމަތިވެފައިވާ މީހުން އުޅޭތީ އެމިނިސްޓްރީ އަށް އެކަމާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހުށަހަޅަމުން އަންނަ ކަމަށެވެ.

އަދި މިމަހުގެ މިހާތަނަށް، ގެދޮރު ގެއްލިފައިވާ 500 އެއްހާ މީހުންނަށް އެމިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: