ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

އެޗްޑީސީއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ކަމަށް އެދި ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލް  މަޝްރޫއުގެ އިންވެސްޓްމަންޓް ގައިޑްލައިންގައި ބަޔާންކޮށްފައިވެއެވެ. އެޗްޑީސީއިން ވަނީ މި މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 3:30 އާއި ހަމައަށް ހުޅުވާލާފައެވެ.

އެޗްޑީސީއިން ވަނީ ބޭނުމަކީ ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތު ދިނުންކަން ފާހަގަކޮށްފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާއިރު، އުލިގަމުގައި ސިޓީ ހޮޓެލަކާއި ޔޮޓު ބަނދަރެއް ތަރައްގީކުރުމަށް ދާދި ފަހުން ވަނީ ނީލަމަށް ހުޅުވާލާފައެވެ. އެހެން ނަމަވެސް، ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވީއިރު އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ އަލުން ބީލަން ހުޅުވާލުމަށް ނިންމާފައިވާކަމަށް ޓޫރިޒްމް މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އޭރު ބީލަމަށް ލާފައިވަނީ އުލިގަމުގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ޝައުގުވެރިވާ ރާއްޖޭގެ އަދި ބޭރު ޤައުމުތަކުގެ އިންވެސްޓަރުންނަށްވެސް ބިޑު ހުށަހެޅޭގޮތަށެވެ. އަދި މި މަޝްރޫޢަށް އުލިގަމުން 36 ހެކްޓަރުގެ ބިމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: