ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އަސާސީގައި ހުރި ބަރުލަމާނީ ސިފަތައް އުވާލަންޖެހޭ: ދީދީ

ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީގައި ހުރި ބަރުލަމާނީ ސިފަތައް އުވާލަންޖެހޭ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ދީދީ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ވެރިކަމުގެ ނިޒާމާ ގުޅިގެން ގެނައުން މުހިންމު ދުސްތޫރީ ބަދަލަކީ ގާނޫނު އަސާސީގައި މިހާރު ހުރި ބަރުލަމާނީ ނިޒާމުގެ ސިފަތައް އުވާލުން ކަމަށެވެ.

މީގެ އިތުރުން ދީދީ ވިދާޅުވީ ރައްޔިތުން ފާސްކޮށްފައިވާ ރިޔާސީ ނިޒާމުގެ އަސާސީ ސިފަތައް ރިފްލެކްޓް ވެގެންދާނޭ ފަދަޔަކުން ޗެކްސް އެންޑް ބެލެންސެސްގެ ނިޒާމު ހަރުދަނާކުރަންޖެހޭ ކަމަށެވެ.

ދީދީ މިހެން ވިދާޅުވެފައިވާއިރު ވެރިކަން ކުރަން އެންމެ ރަނގަޅު ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބުމުގެ އެންމެ ކަށަވަރު މަގަކީ ބަރުލަމާނީ ނިޒާމު ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: