ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިގެ ރައްދު ދީދީއަށް: ތިޔައީ ކޯޓުތެރޭގައި ވެސް ބަޣާވާތްކުރި މީހެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ އުއްތަމަ ފަޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަކީ ކޯޓުތެރޭގައި ވެސް ބަޣާވާތްކުރި މީހެއް ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ރައްދު ދެއްވައިފިއެވެ.

އިންތި މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ޑރ.ދީދީ ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އިންތި ވަނީ މިވާހަކަ މިދައްކަވަނީ ތިމާވެސް އެ ހުކުމުގައި ސޮއިއަޅައިގެން ހުކުމް ނެރެފައި، އަނެއްދުވަހު އެނޫން ގޮތަކަށް ހުކުމް ބަދަލުކުރި މީހާތޯ ސުވާލު ކުރައްވާފައެވެ.

“އުއްތަމަ ފަނޑިޔާރުކަން ހޯދުމަށް ރަޙުމަތްތެރިންނަށް ވެސް ދޯކާދީ ކޯޓުތެރޭގައި ވެސް ބަޣާވާތްކުރި މީހެއް ތިޔައީ!” ޑރ.ޑީޑީ އަށް ނިސްބަތްކޮށް އިންތި ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައާއި ގުޅިގެން ޑރ. ޑީޑީ ވިދާޅުވީ ބަލަންޖެހޭ ހަގީގީ މައްސަލައަކީ ގާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތު ކުރެވުނު ނުވަތަ ކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: