ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ޑްރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި 7 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހެއްގެ މައްޗަށް 10 ދައުވާ އުފުލާފައިވާކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީން 79 ކިލޯ މަސްތުވާތަކެއްޗާއެކު، 3 އޮކްޓޯބަރުގައި ހައްޔަރުކުރި މީހުންގެ ތެރެއިން 7 މީހުންގެ މައްޗަށް 10 ދަޢުވާ، ހިތަދޫ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ އެއީ ދެކުނުގެ ބޮޑު ނެޓްވޯކެއް ކަމަށާއި ހެކިންނަށް ތިބީ ފުލުހުން ކަމަށެވެ. އެހެންކަމުން ކޯޓުން އަވަސް ޝަރީޢަތެއް ހިންގަވާނެކަމަށް އުއްމީދުކުރާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މިމައްސަލަ ތަޙްޤީޤު ކުރެއްވި ޕުލުހުންގެ އިންވެސްޓީގޭޓަރުން ހިންގީ ރަނގަޅު ތަޙްޤީޤެއް. ޕީޖީގެ ޑްރަގް ޔުނިޓުގެ ބޭފުޅުން، އެބޭފުޅުންގެ މަސައްކަތް ފުރިހަމަކޮށްފި. ދެން އޮތީ ރަނގަޅު ކޭހެއް ކޯޓުގައި ހުށަހެޅުން. އެކަމަށްވެސް އަޅުގަނޑުމެން އެންމެން ތައްޔާރު!” ޝަމީމް ވިދާޅުވިއެވެ.

މި މައްސަލައިގައި ޝަރީއަތް ނިމެންދެން ފަސް މީހަކު ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ފަސް މީހުންނަކީ ސ. ހިތަދޫ/ ފިނިފަރު، ހަސަން އާމިރު (25އ) ، އާއި ސ. ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް (24އ) އާއި ސ. ހިތަދޫ/މަންދޫބުގެ، ޙުސައިން ސިމާޙު (27އ) އާއި ސ. ހިތަދޫ/ފިނިފަރު، ޢަބްދުﷲ އިބްރާހިމް (33އ) އާއި ސ. ހިތަދޫ/ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ) އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: