ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކުގައި ލަނީ ރީނދޫ ކުލައެއް ނޫން، އޮރެންޖު ކުލަ: އެޗްޑީސީ

ކުލަ ލާން ފަށާފައިވާ ހިޔާ ފްލެޓުތައް-- ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހުޅުމާލެ ފޭސް ދޭއެއްގައި ތަރައްގީ ކުރި ހިޔާ ފްލެޓުތަކުގެ ކުލަ ބަދަލުކޮށް، ރީނދޫ ކުލަ ލަމުންދާކަމަށް ބުނެ ސޯސަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރައްދު ދީފިއެވެ.

ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީ ކުރަމުން އަންނަ ބައެއް ފްލެޓުތަކުގެ މަސައްކަތް ވަނީ އެކީ ނިމިފައެވެ. އަދި އޭގެ ތެރެއިން ގިނަ ފްލެޓުތަކުގައި ކުލަ ލާފައިވެއެވެ. އެހެން ނަމަވެސް މީގެ ކުރިން ކުލަ ލާފައި ހުރި އިމާރާތެއްގެ ކުލަ ރީނދޫ ކުލައަށް ބަދަލުކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ނަމަވެސް އެޗްޑީސީން ބުނީ ފްލެޓްތަކުގެ ބޭރުގައި ލަމުންދަނީ އޮރެންޖު ކުލަކަމަށާއި، އެއީ ކުލަ ފޭދޭތީ ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުވެސް ކުލަ ލާފައިވާނެކަމަށާއި، އެއީ ދައުލަތުން ޚަރަދުކޮށްގެން ކުރާ ކަމެއް ނޫންކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން އިތުރަށް ބުނީ ހިޔާ ފްލެޓްތަކުގެ ކޮންޓެކްޓަރުގެ މުއްދަތު ހަމަނުވާކަމަށާއި، ކުލަ ލުން ކުރިއަށްދަނީ ކޮންޓެކްޓަރުގެ ފަރާތުންކަމަށެވެ.

ފެލެޓުތަކުގެ ކުލަ ބަދަލު ކުރަމުންގެންދާތީ އެކަމާ ނުރުހުން ފާޅުކޮށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ “ކުލަ ބަދަލު ކުރުމަކީ” ވެސް މި ސަރުކާރުގެ ބޮޑު މަޝްރޫއެއް ތޯ ސުވާލު އުފައްދާފައެވެ. އަދި މިދިޔަ ސަރުކާރުން ފަށާފައި ހުރި ޕްރޮޖެކްޓުތަކުގެ ނަން ބަދަލު ކުރުމާއި، އަދި ފްލެޓުތަކަށް ބަދަލު ގެނައުން މި ސަރުކާރުން ދެކެނީ އެއީ ބޮޑެތި މަޝްރޫއުތަކެއްގެ ގޮތުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރި ފްލެޓުތަކުގެ މަސައްކަތް ނުނިމޭކަމަށް ބުނެ، ފްލެޓުތައް ހަވާލުނުކޮށް ދިގުލައިގެން ދާ މައްސަލައިގައި ވެސް ސަރުކާރަށް ވަނީ ފާޑުކިއުން އަމާޒުވެފައެވެ. އަދި ފްލެޓުތައް ލިބޭ ފަރާތްތަކުގެ ލިސްޓު އާއްމުކުރިއިރު، ޕޮއިންޓު ދިނުމުގެ އުސޫލާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދަނީ ތަފާތު އެކި ވާހަކަތައް ދެކެވެމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: