ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާނަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

އަހުމަދު ނިހާން ހުސެން މަނިކް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕީޖީ ހުސެއިން ޝަމީމްއާ ހަވާލާދީ “މިހާރު” ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދައުވާކުރަން ފޮނުވިތާ ދެ ދުވަސް ވެފައިވާ ކަމަށާއި މިހާރު ކުރަމުން ދަނީ އެ މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންކަން ބެލުމުގެ މަސައްކަތް ކަމަށެވެ.

އެހެންކަމުން ވީ އެންމެ އަވަހަކަށް ދައުވާ އުފުލަން ކޯޓަށް ފޮނުވާނެ ކަމަށް ވެސް ޝަމީމްއާ ހަވާލާދީ އެ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި 30 މީހެއްގެ މައްޗަށް ކުރާ ތުހުމަތުތައް އިސްކަންދީގެން ބަލަމުން އަންނަ އިރު އޭގެ ތެރޭގައި ނިިހާން ވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރުމުގައި ފައިސާއިން ރިޝްވަތު ހިފުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: