ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ހިޖުރަކުރާ މީހުންގެ ހައްގުތައް ސަރުކާރުން ރައްކާތެރިކޮށްދޭނަން: މާރިޔާ

މިނިސްޓަރ މާރިޔާ... ފޮޓޯ:ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ހިޖުރަކުރާ މީހުންގެ ހައްގުތައް ސަރުކާރުން ރައްކާތެރިކޮށްދޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިންޓަރނޭޝަނަލް މައިގްރަންޓްސް ޑޭ އާ ގުޅިގެން ދެއްވި ވީޑިޔޯ މެސެޖުގައި މިނިސްޓަރ މާރިޔާ ވަނީ، ދިވެހި މުޖްތަމަޢު ބިނާކުރުމުގައި އެތައް އަހަރެއް ވަންދެން ބިދޭސީ މަސައްކަތްތެރިން އަދާކުރަމުން އައިސްފައިވާ މުހިންމު ދައުރާއި އެފަރާތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. މޯލްޑިވްސް އިމިގްރޭޝަން ބެލެހެއްޓެވުމުގެ ޒިންމާ ޙަވާލުކުރައްވާފައިވާ ވަޒީރުގެ ޙައިސިއްޔަތުން މިނިސްޓަރ މާރިޔާ ވަނީ، ހިޖުރަކުރާ މީހުންގެ ޙައްޤުތަކަށް ބުރޫނާރާނެހެން، އެއްވެސް މަޖުބޫރުކުރުވުމެއްނެތި، ރައްކާތެރިކަމާއެކު، ހިޖުރަކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

އިންސާނީ ވަގުފާރިކުރުމުގެ ކުށުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރ މާރިޔާ ވަނީ، އިންސާނީ ވަގުފާރިކުރުން ހުއްޓުމަކަށް ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާ އަޙައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ”ހޭޝްޓެގް އެންޑް ހިއުމަން ޓްރެފިކިންގ“ގެ ނަމުގައި ސޯޝަލް މީޑިޔާ ކެމްޕޭނެއް އިފްތިތާޙްކޮށްދެއްވަމުން، މިނިސްޓަރ މާރިޔާ ވަނީ، އިންސާނި ވަގުފާރިއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްގެ ގޮތުގައި ބަލައިގަނެ، އެޖަރީމާ ތަކުރާރު ވިޔަނުދިނުމަށްޓަކައި މަސައްކަތްކުރުމާއި، އެކަމުގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ރިޔާސަތު، 2019 ވަނަ އަހަރުގެ ފަހުކޮޅު، މިނިސްޓްރީ އޮފް ޑިފެންސާ ޙަވާލުކުރެއްވުމަށްފަހު، ސަރުކާރުން ގެންދަވަނީ އިންސާނީ ވަގުފާރިއަށް ނިމުމެއް ގެނައުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މިގޮތުން، ފެބްރުއަރީމަހުގެ ތެރޭގައި، ކެބިނެޓުންވަނީ މޯލްޑިވްސް ނޭޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ އެކްޝަން ޕްލޭން ފާސްކުރައްވާފައެވެ. މީގެ އިތުރުން، ސަރުކާރުންވަނީ ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީ ސްޓްރީމްލައިންކުރައްވާ، އަލުން އެކުލަވާލައްވާފައެވެ.

ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ސަރުކާރުން އަޅުއްވާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޑިފެންސްގައި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގެ ނަމުގައި މަޤާމެއް އުފެއްދެވުމާއި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޝެލްޓަރެއް ޤާއިމްކުރުމަށްޓަކައި ގުޅީފަޅުން ބިމެއް ހަމަޖައްސަވައި، އެތަން ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މީގެ އިތުރުން ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އެންޓި-ޓިޕް އޮފީހުގެ ނަމުގައި ޚާއްޞަ އޮފީހެއް މިނިސްޓްރީ އޮފް ޑިފެންސްގައި ޤާއިމްކުރުމަށްޓަކައި، 2021 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ހިމެނުއްވުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްކުރުމުގެ މަސައްކަތް ފެށްޓެވުމާއި، ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުވައިދިނުމާ ބެހޭ ގައިޑްލައިންސާއި ޝެލްޓަރ ހިންގުމާ ބެހޭ ގައިޑްލައިންސް ތައްޔާރުކުރުމުގެ މަސައްކަތް ފެށްޓެވުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: