ކ.ތިލަފުށި ފަޅުގައި އޮތް ދެ ދޯންޏެއްގައި އަލިފާން ރޯވެ، ދެ މީހަކު ފިހިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ދެ ދޯނި ވެސް އޮތީ ގާތުގައި ކަމަށާއި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އެތަނުން އެއް ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.
މި ހާދިސާގައި ދެ މީހަކު ފިހިފައިވާ ކަމަށާއި އެ ދެ މީހުން މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:39 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

