ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ސިވިލް ސާވަންޓުންގެ މަޢުލޫމާތު އެއްވިއުގައަކުން ލިބޭގޮތް ހަދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސާވިސް މުވައްޒަފުންގެ މަޢުލޫމާތު ހިމެނޭ ސީއެސް ވިއުގަ އިފްތިތާޙުކޮށްފިއެވެ.

ރާއްޖޭގައި މީގެ ކުރިން ބޭނުންކުރަމުންދިޔަ ސީއެސް ސޮފްޓްވެއަރ އިތުރަށް ހަރުދަނާކޮށް ސީއެސް ވިއުގައިގެ ނަމުގައި މިއަދު އިފްތިތާހްކޮށްދެއްވީ، އެ ކޮމިޝަނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ކޮމިޝަނުގެ މެންބަރުންނެވެ.

މި ވިއުގަ މެދުވެރިކޮށް، ރާއްޖޭގެ އެކި ރަށްރަށުގައި މަސައްކަތްކުރާ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މަޢުލޫމާތު ލިބޭނެކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ 26،000 އެއްހާ ސިވިލް ސާވިސް މުވައްޒަފުންގެ މަޢުލޫމާތު އެކަށީގެންވާ ރަނގަޅު ޑިޖިޓަލް ހިއުމަން ރިސޯސަސް މެނޭޖްމަންޓް ސިސްޓަމެއް މެދުވެރިކޮށް ބެލެހެއްޓުމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އަލަށް އިފްތިތާޙްކުރި ވިއުގަ މެދުވެރިކޮށް މުވައްޒަފުންގެ ކަންކަން ބެލެހެއްޓުމުގައި އިތުރު ކުރިއެރުންތަކެއް ލިބި މުވައްޒަފުންނަށް އަމިއްލަ ވަޒީފާއާއި ކުރިއެރުންތަކާއި ލިބޭ ތަޖުރިބާއާއި ތަމްރީނުތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ކަމަށްވެސް ސިވިލް ސަރވިސް އެކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި މި ވިއުގަ މެދުވެރިކޮށް ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކުރިމަތިލެވޭނެ ގޮތް ހެދުމަށްވެސް އެކޮމިޝަނުންގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: