ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ސާވިސްއަަށް މީހުން ނަގާއިރު ފިނޭންސްގެ ހުއްދަ ހޯދަން ނުޖެހޭގޮތަށް ހަދައިފި

ސިވިލް ސާވިސް މުވައްޒަފުންތަކެއް ވެލާނާގެ އޮފީސް އިމާރާތަށް ވަންނަނީ/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ސަރވިސް މަގާމުތަކަށް މުވައްޒަފުން ނަގާއިރު ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ އުސޫލު އުވާލައިފިއެވެ.

ސިވިލް ސާވިސްގެ ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖެއްސީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ.

އެ އުސޫލް އުވާލައި އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާބެހޭ ސަރކިއުލަރ އިން، ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި މިހާރު އަމަލުކުރަމުންދާ އުޞޫލު ބަދަލުކޮށް، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމުގެ ބަދަލުގައި، ބަނޑޭރި ޕޯޓަލްގެ ތެރެއިން އެ އިދާރާއެއްގެ ނުވަތަ ދާއިރާގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް އަންގަވާފައިވާކަމަށެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ބުނީ، 1 ޖަނަވަރީ 2020 ގެ ފަހުން، ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވެފައިވާ ނުވަތަ ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި، ޙަވާލާދެވުނު މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް، އެ ސަރކިއުލަރގައިވާ ގޮތަށް އަމަލުކޮށް، ވަޒީފާ ހަމަޖެއްސުމަށް ސީއެސްވިއުގަ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމުގައި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވް ދެއްވާފައިވާ ހުއްދައިގެ ސްކްރީން ޝޮޓެއް ހިމެނުއްވުމަށް އެދޭކަމަށެވެ.

އެކޮމިޝަނުން ބުނީ އިއްޔެއިން ފެށިގެން، މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ކޮމިޝަނަށް ހުށަހެޅުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހުށަހަޅަންނުޖެހޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: