ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މަސައްކަތަށް ވުރެ، އިސްކަން ދެނީ ގައުމީ މަސައްކަތަށް: އިދިކޮޅު

ޕާޠޯގެ އޮފީސް ކުރިމަތީ އިދިކޮޅުން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް/ ފޮޓޯ: މުހައްމަދު މާހީ.--- ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ގާނޫނީ ނިޒާމު ބައްޓަން ކުރަން ޖެހޭ ގޮތާއި، ޝަރީއަތްތައް ކުރިޔަށް ގެންދަން ޖެހޭ ގޮތް ކަނޑައަޅާފައި ވީ ނަމަވެސް މި ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގައި އެއްވެސް ފުރުސަތެއް ދޫނުކުރާކަމަށް ޕީޕީއެމްގެ ނައިބް ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނޮވެމްބަރު 28، 2019 ގައި އިއްވި ފަސް އަހަރުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ވެސް އިއްޔެ ވަނީ ދަށުގެ ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.

އިދިކޮޅުން ކުރިޔަށް ގެންދިޔަ ޖަލްސާއެއްގައި، ސަރުކާރަށް ފާޑުވިދާޅުވެ ޝިޔާމް ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުވާއެއް އުފުލާ، ޝަރީއަތުގެ ތެރެއަށް ސަރުކާރުން އެތައް ގޮތަކުން ނުފޫފު ފޯރުވާފައިވާކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުންތައް ނިމި، ހުލާސާ ބަޔާން އިއްވިތާ ހަތަރު މަސް ފަހުން ހުކުމް އިއްވުން އެއީ އޭގެ އެއް މިސާލުކަމަށް ޝިޔާމް ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ޝަރުއީ ދާއިރާއަށް ފާޑުވިދާޅުވެ، ޝިޔާމް ވިދާޅުވީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ޝަރީއަތްތައް ކުރިޔަށް ގެންދަން ޖެހޭ ގޮތާއި، އަދި މައްސަލަތަކުގައި އަމަލު ކުރަންޖެހޭ ގޮތް ކަނޑައަޅާފައިވީ ނަމަވެސް، ސަރުކާރުން އެއަށް އަމަލު ނުކުރާކަމަށެވެ.

“ބޯލަނބަންޖެހޭ ތަބާވާން ޖެހޭ، ގާނޫނުތަކަށް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ހައިކޯޓުގައި ރައީސް ޔަމީންގެ ފަރާތުން އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގައި ހުކުމް އިއްވަން ހަތަރު މަހާއި، އެކާވީސް ދުވަސް ނެގިތަން. ދެން ވިސްނަވާ އިންސާފުވެރިވާނެ މިންވަރު.” ޝިޔާމް

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، މިއީ މި ސަރުކާރުގެ އަނިޔާވެރިކަމުގެ ތެރެއަށް ބޮޅެއް އިތުރުވެގެން ދިޔަ ދުވަހެއް ކަމަށެވެ. މި ސަރުކާރުން ދިވެހި ރައްޔިތުން ނިކަމެތިކޮށްފައިވާ ކަމަށާއި، ރައްޔިތުންނަށް އޮޅުވާލައި ގައުމުގެ މާލިއްޔާ އެއްކޮށް ހުސްކޮށްލާފައިވާކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ، މިވަރުގެ ނާގާބިލު ސަރުކާރަކާއި އެކު ދިވެހިން ގުނާނެ އިތުރު ދުވަހެއް ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވީ މި ގައުމު އަނބުރާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށް ކުރާ މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

“އަޅުގަނޑުމެންގެ ޕާޓީއަކީ ސިޔާސީ މަސައްކަތަށް ވުރެ، ގައުމީ މަސައްކަތަށް އިސްކަން ދޭ ބައެއް. ގައުމު ހޯދަން މި ކުރާ މަސައްކަތަކީ، ގައުމީ ބޮޑު ޖިހާދެއް.” ޝިޔާމް

ޝިޔާމް ވިދާޅުވީ، އިސްލާމް ދީން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ރައީސް ޔާމީން ކުރި މަސައްކަތާއި ގާތަށް ވެސް އިތުރު ލީޑަރަކަށް އެ މަސައްކަތް ކުރެވިފައި ނެތް ކަމަށެވެ. އަދި ގައުމަށް ހެޔޮ އެދިގެން ވެރިކަން ކުރި އިތުރު ރައީސެއް ވެސް ރައީސް ޔާމީން ފިޔަވާ ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދޭން ޕާޓީން ކުރާ މަސައްކަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އުންމީދަކީ ޝަރުއީ މަރުހަލާގެ ތެރެއިން އެމަނިކުފާނަށް އިންސާފު ލިބުންކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އަނިޔާވެރި ސަރުކާރެއްކަމުން، އިންސާފު ލިބުމުގައި ދަތިތަކެއް އަންނާނެކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ކުރިޔަށް އޮތް ތަނުގައި މަގުމަތީ ހަރަކާތްތައް ވަރުގަދަ ކުރަން ގޮވާލާފައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް އެކައުންޓު މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާކަމަށް ބުނެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު، އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލާފައިވާކަމަށް ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގައި ވެއެވެ.

ހައިކޯޓުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓިއިރު، ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް އިތުރު މަނީ ލޯންޑްރިން އާއި، ރިޝްވަތު ގަބޫލު ކުރިކަމުގެ ދައުވާއެއް ވަނީ އުފުލާ ޝަރީއަތް ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: