ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާފައެއް ނުވޭ: އަދާލަތު

އަދާލަތު ޕާޓީގެ އިސް ބައެއް ބޭފުޅުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދާދިފަހުން އަދާލަތު ޕާޓީ އިން ބޭއްވި އެޕާޓީގެ ރިޔާސީ އިންތިހާބު ބާތިލް ކޮށްދިނުމަށް އެދި ސިވިލް ކޯޓަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް އެޕާޓީ އިން ބުނެފިއެވެ.

އެ ޕާޓީން މިކަން ދޮގުކުރީ އެ އިންތިހާބު ބާތިލުކޮށްދިނުމަށް އާންމު ފަރާތަކުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ކަމަށް ބުނެ އޮންލައިން ނޫހަކުން ގެނެސްދިން ހަބަރަކާ ގުޅިގެންނެވެ.

އެގޮތުން އަދާލަތުން ބުނީ އެއީ ދޮގު ހަބަރެއް ކަމަށާއި އެ ޕާޓީގެ ބަހެއް ހޯދުމެއް ނެތި ރިޕޯޓު ކުރުމަކީ ހިތާމަކުރާ އަދި ޕްރޮފެޝަނަލް ނޫސްވެރިކަން ކުރުން ނޫން ކަމަށެވެ.

އަދާލަތު ޕާޓީ އިން އެޕާޓީގެ ތިންވަނަ ދައުރުގެ ރައީސްއާ ނާއިބު ރައީސް ކަނޑައެޅުމަށް ބޭއްވި އިންތިހާބު އޮތީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެ އިންތިހާބު ކާމިޔާބު ކުރައްވާ އެޕާޓީގެ ރައީސްކަމުގެ މަގާމު އިންތިހާބު ވެފައިވަނީ މިހާރު ވެސް އެ ޕާޓީގެ ރާއީސް އިމްރާން އަބްދުﷲ އެވެ. އިމްރާނާ އެކު އިންތިހާބުގައި ވާދަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: