ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުފުލާފައިވާ ދައުވާތަކަށް ޖިހާދު އިންކާރު ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ތަކަށް އޭނާ އިންކާރުކުރައްވައިފިއެވެ.

ކ. ފުށިދިއްގަރުފަޅުގެ މައްސަލައިގައި ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ޖިހާދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިއްވުމުން، ޖިހާދު ވަނީ ދައުވާތައް ސާފުވެއްޖެ ކަމަށް ވިދާޅުވެ ދައުވާތަކަށް އިންކާރުކޮށްފައެވެ.

ޖިހާދު ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ވަނީ އެ މައްސަލައިގައި ޖިހާދުއާއި ދެކޮޅަށް ހުށަހަޅާ ހެކިން ހާމަކޮށްފައެވެ.

އެގޮތުން ދައުވާ ސާބިތުކުރުމަށް ޝަފަވީ ހެކީންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން މި މައްސަލައާ ގުޅުންހުރި ބޭރު މީހެއް ހެކީންގެ ގޮތުގައި ހުށަހަޅާފައެވެ. އަދި ކިތާބީ ހެކީގެ ގޮތުގައި، އެސެޓް ރިކަވަރީ ކޮމިޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ޖިހާދު ދެއްވާފައިވާ ބަޔާނާއި، ނޭޝަނަލް ޕްލޭނިންގ ކައުންސިލުންނާއި ވަޒީރުންގެ މަޖިލީހުން ކ. ފުށިދިއްގަރުފަޅާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތައް ވެސް ހުށަހަޅާފައިވެއެވެ.

ޖިހާދުގެ ފަރާތުން ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމުން ވަކީލު ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވިދާޅުވީ، އަޑުއެހުމަށް ވަޑައިގެންނެވީ ހެކި ހުށަހެޅުއްވުމަށް ތައްޔާރުވެވަޑައިގެން ނޫންކަމަށާއި ލިޔުމުން ހެކި ހުށަހެޅުމުގެ ފުރުސަތެއް ދެއްވުން އެދޭ ކަމަށެވެ. އަދި ގާޒީ ވަނީ އެކަމަށް ތިން ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ނިންމަވާފައެވެ. އަދި ޝަރިއަތުގެ ކުރިން ހުށަހަޅަންޖެހޭ ހެކި ދެފަރާތުންވެސް 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ފުރުސަތު ދެއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: