ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

25 އަހަރުން މަތީގެ މީހުންނަށް މާދަމާ ވެކްސިން ދޭން ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި 25 އަހަރުން މަތީގެ މީހުންނަށް މާދަމާ އިން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ވެކްސިން ދޭން ފެށުމަށް ނިންމައިފިއެވެ.

އެޗްއީއޯސީން މިރޭ ބުނީ 25 އަހަރުން މަތީގެ މީހުންނަށް އިތުރުން، ދިގު މުއްދަތަކަށް ބޭސްކުރާ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އެންމެންނަށްވެސް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށެވެ.

ވެކްސިން ދިނުމުގެ ކަންކަން މިހާރު ކުރިއަށް ދާއިރު މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ދާ މީހުން މަދު ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްއީއޯސީން ބުނެއެވެ. ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ މިވަގުތު މި ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަމެއް ކަމަށް އެ ސެންޓަރުން ބުނެއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައި ވާ އިރު މިހާތަނަށް އައި އިރު ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 85،000 އިން މައްޗަށްް ގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: