ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ޖެހި މީހުންގެ އަދަދު 145،768 އަރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާތަނަށް 145،768 މީހަކު ކޮވިޑް-19 ވެކްސިން ޖަހާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެގޮތުން އިއްޔެ 6،941 މީހަކު ވެކްސިން ޖަހާފައިވާއިރު އެއީ މާލެ ސަރަހައްދުން 2،154 މީހަކާއި އަތޮޅުތެރެއިން 4،787 މީހެކެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް މާލެ ސަރަހައްދުން 87،045 މީހުން ވަނީ ވެކްސިން ޖަހައިފައެވެ. އަދި އަތޮޅު ތެރެއިން 58،723 މީހުން ވެކްސިން ޖަހާފައިވެއެވެ.

ރާއްޖެއިން ވެކްސިން ޖަހާފައިވާ މީހުންގެ އަދަދުތައް ލައްކައަކަށްވުރެ މައްޗަށް ގޮސްފައިވީނަމަވެސް، އެންމެ އެކަށީގެންވާ މިންވަރަށް ވެކްސިން ޖަހަމުން ނުދާކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ފާހަގަ ކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: