ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނޯފާމް ވެކްސިން މާދަމާ ޖަހަން ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާގެ ސައިނޯފާރމް ވެކްސިން މާދަމާ އިން ފެށިގެން މާލެ ސަރަހައްދުގައި ދިނުމަށް ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މާދަމާ ފަށާނެކަމަށާއި، ހަ ތަނެއްގައި ވެކްސިން ދިނުން ކުރިއަށް ދާނެކަމަށެވެ.

އެގޮތުން ވެކްސިން ދިނުން ކުރިއަށްދާނީ މާދަމާ ހެނދުނު 10 އިން ހަވީރު 16:00 ހަމައަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެގޮތުން ވެކްސިން ޖަހައިދޭ މަރުކަޒުތަކުގެ ތެރޭގައި ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒާއި، ހުޅުމާލެ ވެކްސިން ސެންޓަރާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒާއި، ރައްޔިތުންގެ މަޖިލިސްގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެއެވެ.

ޗައިނާގެ ބެއިޖިންގގެ ބައޯ އިންސްޓިޓިއުޓް އޮފް ބައޮލޮޖިކަލް ޕްރޮޑަކްސް އިން އުފައްދާފައިވާ ސައިނޯފާރމް ވެކްސިންގެ ވެސް 2 ޑޯޒެ ޖަހަންޖެހޭނެއެވެ. ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ 3-4 ހަފްތާ ފަހުން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: