ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ވެކްސިންގެ ފުރިހަމަ ފައިދާ ލިބޭނީ 8 ހަފްތާ ފަހުން ދެވަނަ ޑޯޒް ޖެހީމަ”

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ދިފާއުވުމުގެ ގޮތުން ދެމުން އަންނަ ވެކްސިންގެ ދެވަނަ ޑޯޒު ޖެހުން އެންމެ ރަނގަޅީ 8 ހަފްތާ ފަހުން ކަަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދްލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވަނީ، ވެކްސިންގެ ދެވަނަ ޑޯޒްޖެހުމުގެ ކަންކަން ހޮނިހިރު ދުވަހު ފަށާފައިވާއިރު، އެކަމަށް އެންމެ ބޭނުންވާ ވަރަށް ތަރުޙީބު ލިބެމުން ނުދާކަން ފާހަގަ ކުރައްވައިފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޝީލްްްްޑް ވެކްސިންގެ ދެވަނަ ޑޯޒް މިހާރު ރާއްޖޭގައި ދެމުންދާއިރު، މި ވެކްސިންގެ ބާރު އެންމެ އެކަށޭނަގޮތެއްގައި ފެންނާނީ ވެކްސިން ޖަހައިތާ 8 ހަފުތާގެ ތެރޭގައި ދެވަނަ ޑޯޒް ޖެހުމުން ކަމަށެވެ. މި ސަބަބައްޓަކައި ވެކްސިން ޖެހިތާ 8 ހަފުތާ ފުރިހަމަ ވާއިރަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އަވަސްވެގަތުމަށް ވެސް ޑރ. ނަޒްލާ ގޮވާލެއްވިއެވެ.

“އެހެންވީމަ އަށް ހަފްތާވީމަ އެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހީމަ އެމީހާއަށްވެސް އަދި މުޅި މުޖުތަމައުއަށް ލިބޭ ރައްކާތެރިކަން ބޮޑީވެސް. އަށް ހަފްތާގެ ކުރިން އަޅުގަނޑުމެން ދެވަނަ ޑޯޒެއް ޖަހާނީ ވަރަށް ހާއްސަ ހާލަތެއް ދިމާވެގެން އެކަން ވެރިފައި ކުރުމަށްފަހު އެކަނި” ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަމަވެސް ޒަރޫރީ ހާލަތެއްގެ ގޮތުގައި ބަލައި، ސިއްޙީ ބޭނުމަކަށް ނުވަތަ ތަޢުލީމު ހާސިލު ކުރުމަށް ޤައުމުން ބޭރަށް ދާން ޖެހޭނަމަ، ދެވަނަ ޑޯޒް އޭގެ ކުރިން ޖަހައިދެއްވާނެ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: