ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ 4 ދާއިރާއެއްގެ ވޯޓު އަލުން ގުނައިދޭން އެމްޑީޕީން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީގެ ހަތަރު ދާއިރާއަކަށް ލިބުނު ވޯޓު އަލުން ގުނައިދޭން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން އެދިއްޖެ އެވެ.

އިންތިހާބާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކައުންސިލު އިންތިހާބުގެ ހަތަރު ގޮނޑިއެއްގެ ނަތީޖާ އަލުން ގުނަން އެދިލައްވާ ކަމަށެވެ.

“ކައުންސިލުގެ ހަތަރު ގޮނޑިއެއް އަލުން ގުނަން އަޅުގަނޑުމެން އެދެން. އެއީ ޓީ3 އާއި، ޓީ4 އާއި، ޓީ10 އާއި ޓީ15. ޓީ3 ގެ ގޮނޑިއަކީ ވެސް، އަޅުގަނޑުމެންގެ ވާދަވެރިންނާ ވާ ފަރަޤު ކުޑަ ގޮނޑިއެއް. މި ދެންނެވި ހުރިހާ ގޮނޑިއެއްގައި ވެސް ފަރަޤު ހުރީ ހަމަ އެގޮތަށް” ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަތަރު ގޮނޑިއެއް އަލުން ގުނުމަށް އެދިލައްވާ ކަމަށާއި، އެ ގޮނޑިތަކުގެ ނަތީޖާ ޝީޓުތަކާއި ވޯޓު ކަރުދާސްތައް ވެސް ސާފު ކުރުމަށް އެދިލައްވައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އިން ފަސް ގޮނޑިއެއް ކާމިޔާބުކޮށްފައިވާ ކަމަށާއި އެހެން ގޮނޑިތައް ގެއްލިފައުވާކަން ވަރަށް ރަނގަޅަށް ގަބޫލުކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: