ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ގުނުން ކުރިޔަށް ދަނިކޮށް ރައީސް ނަޝީދު ވަޑައިގަތުމުން ބޮޑު ހަމަނުޖެހުމެއް!

އިލެކްޝަންސް ކޮމިޝަނުގައި ވޯޓު ގުނުން ކުރިޔަށް ދަނިކޮށް، ރައީސް ނަޝީދު އެ ސަރަހައްދަށް ވަޑައިގަތުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހޮނިހިރު ދުވަހު ކުރިޔަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ބައެއް ވޯޓު ފޮށިތައް ގުނުމިގެ މަސައްކަތް ކުރިޔަށް ދަނިކޮށް އެމްޑީޕީގެ ބައެއް މެމްބަރުންނާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެ ސަރަހައްދަށް ވަޑައިގަތުމުން ބާ ޖަމާލުއްދީނުގައި ހަމަނުޖެހުން ހިންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިއަދު މެންދުރު 13:30 ގައި 18 ވޯޓު ފޮއްޓެއްގެ ނަތީޖާ އަލުން ގުނުމުގެ މަސައްކަތް ކުރިޔަށް ގެންދާނެކަން މީޑިއާތަކަށް ހާމަކޮށްފަ އެވެ.

ވޯޓު ފޮށިތައް އަލުން ގުނުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ ވަގުތު، އިދިކޮޅުގެ ލީޑާޝިޕާއި ބައެއް ސަޕޯޓަރުން އެއްވެ ތިބުމުން ރައީސް ނަޝީދު ވެސް ވަނީ ކުއްލިއަކަށް އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. އަދި އެ ސަރަހައްދަށް އެއްވެ ތިބި މީހުން ވަނީ ރައީސް ނަޝީދު އިންތިހާބަށް ނުފޫޒު ފޯރުވައި، ވޯޓު އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެ، ބަހުގެ ހަމަލާތައް އަމާޒުކޮށްފައެވެ. އެހެންވެ، ރައީސް ނަޝީދު ވެސް ވަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް ދެކޮޅު ހަދާ، ބަހުގެ ހަމަލާތަކަށް ރައްދު ދެއްވާފަ އެވެ.

ރައީސް ނަޝީދާއި އެކު ބާ ޖަމަލާދުއްސީން ސަރަހައްދުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި، އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް ހުންނެވި އެވެ. އޭގެ އިތުރުން އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން ވެސް ރައީސް ނަޝީދާއި އެކު ވަޑައިގެންނެވި އެވެ.

އިދިކޮޅުން ވަނީ، ރައީސް ނަޝީދު އެ ސަރަހައްދަށް ވަޑައިގަތީ، ހަމަނުޖެހުން އުފެއްދުމުގެ ބޭނުމުގައި ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: