ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

12 ދާއިރާއެއްގެ އިންތިހާބު އަލުން ބާއްވަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު އެއްވަރުވެގެންނާއި މައްސަލަ ދިމާވެގެން 12 ދާއިރާއެއްގައި އަލުން ވޯޓުލުން ބާއްވަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބާއި ގުޅިގެން ހުށަހެޅުނު ހުރިހާ މައްސަަލަތަކާއި ޝަކުވާތައް ބަލައި ނިމި ދާއިމީ ނަތީޖާވެސް އިއުލާން ކުރެވިފައިވާކަމަށެވެ. އިންތިޚާބުގައި ވޯޓަށް އަސަރުކުރާފަދަ މައްސަލަތަކެއް ދިމާވެގެން އަލުން އިންތިޚާބު ބާއްވަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ތ.ގާދިއްފުއްޓާއި، ލ.މާވަށުގައެވެ.

އެކަމާއި ބެހޭ މައުލޫމާތު ދެއްވަމުން އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މައްސަލަ ދިމާވެގެން 02 ދާއިރާއެއްގައި އަލުން ވޯޓުލާން ނިންމާފައިވާއިރު، 04 ދާއިރާއެއްގެ ވޯޓުގެ ނަތީޖާ އެއްވަރުވެފައިވުމުން އެ ދާއިރާތަކުގައި ވެސް އިންތިޚާބު އަލުން ބާއްވާނެކަމަށެވެ. ކައުންސިލް އިންތިޚާބުގެ ނަތީޖާ އެއްވަރުވެގެން އަލުން އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކަކީ ހއ. ތަކަންދޫ، ފ. ދަރަނބޫދޫ، މ. ރަތްމަންދޫ، އަދި ބ. ކިހާދޫ އެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާ އެއްވަރުގެން 06 ދާއިރާއެއްގައި ވޯޓުލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދާއިރާތަކުގައި އިންތިޚާބު ބާއްވާނެ ވަކިތާރީޚެއް އިލެކްޝަންސް ކޮމިޝަނުން އަދި ހާމަކޮށްފައި ނުވެއެވެ.

ކޮމިޝަންގެ ބައްދަލުވުމެއް ބާއްވައި މިދާއިރާތަކަށް އަލުން ހުޅުވާލާނެ ދުވަހަކާއި އިންތިޚާބު ބާއްވާނެ ދުވަހެއް އިޢުލާން ކުރުމަށް ވެސް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުންދަނީ އިންތިޚާބުގައި ވާދަކުރުމަށް ކަނޑައެޅި އަދަދަށް ކުރިމަތިލާފައިނުވާ ދާއިރާތަކުގައި އަލުން ވޯޓުލުމުގެ ކަންކަން ބޭއްވުމުގެ މަަސައްކަތެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ މެދު ތެރޭގައި ބޭއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ވަނީ ނިންމާފައެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2234 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1580 ކެނޑިޑޭޓުންނެވެ. ދެ އިންތިޚާބުގައި 1912 މަޤާމަށް ބޭފުޅުން ވަނީ އިންތިޚާބުކޮށްފައެވެ.

އިންތިހާބުގެ ދާއިމީ ނަތީޖާ މިހާރު އިއުލާން ކޮށްފަިއި ވާއިރު އިއުލާންކޮށްފައިވަނީ ތ. ގާދިއްފުއްޓާއި ލ. މާވަށް ފިޔަވައި އެހެން ހުރިހާ ދާއިމީ ނަތީޖާތަކެކެވެ.

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށް ވަނީ މުހިއްމު ގިނަ ގޮނޑި ތަކެއް ގެއްލިފައެވެ. އެގޮތުން މާލެ ސިޓީގެ މޭޔަރުކަމުގެ އިތުރުން މާލެސިޓީގެ ގިނަ ގޮނޑިތަކެއް ވަނީ ގެއްލިފައެވެ. މާލެސިޓީގެ މެޖޯރިޓީ ނަގާފައިވަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: