ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކުވެރި ގައުމުތަކުގެ އެހީތެރިކަން އިންޑިއާއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާއަށް ހާލަތު ގޯސްވެފައިވާ އިންޑިއާއަށް އެކުވެރި ގައުމުތަކުން އެހީތެރިވާން ފަށައިފިއެވެ.

އިންޑިއާގައި މިހާތަނަށް 17.3 މިލިޔަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 195،116 މީހުންވަނީ މިބަލީގައި މަރުވެފައެވެ. އެމެރިކާއަށް ފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޮވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ.

ފާއިތުވި ހަފްތާގެ ތެރޭގައި އެގަމުގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުން ރެކޯޑު އަދަދަކަށް އިތުރުވެ ހޮސްޕިޓަލް ތަކުގެ އެނދުތައް ފުރި އޮކްސިޖަން ހުސްވެ ގިނަ ބަޔަކު މަރުވާން ދޫކޮށްލާ ހާލަތައް އެ ގައުމުވަނީ ގޮސްފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުގައި 349،313 މީހުންނަށްވަނީ ކޮވިޑް-19 ޖެހިފައެވެ. އެއީ މިހާތަނަށް އެއް ދުވަހުގެ ތެރޭގައި ގައުމެއްގައި އެހާ ގިނަ އަދަދެއްގެ މީހުންނަށް ބަލިޖެހުނު ދުވަހެވެ.

އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތުގައި އެ ޤައުމަށް އެހީތެރި ނުވާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އިނގިރޭސިވިލާތާއި އެމެރިކާއާއި ވިލާތުގެ އިއްތިހާދުން ވަނީ އޮކްސިޖަނާއި އެހެނިހެން ސިއްހީ ސާމާނު އިންޑިއާއަށް ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. އިނގިރޭސިވިލާތުން ބުނީ އިންޑިއާއިން އޮކުސިޖަން ކޮންސެންޓުރޭޓަރާއި ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް އެދިފައިވާކަމަށާއި އެތަކެތި އިންޑިޔާއަށް ފޮނުވައިދޭނެކަމަށެވެ.

އެމެރިކާއިން ބުނީ އެ ޤައުމަށް އޮކްސިޖަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންދާކަމަށެވެ. އަދި އިންޑިޔާގައި ތައްޔާރުކުރާ ކޮވިޝީލްޑު ވެކްސިން ތައްޔާރުކުރުމަށް ބޭނުންވާ ބައެއް މާއްދާތައް ހޯދޭނެ ގޮތްތައް ދެނެގަނެފައިވާކަމަށާއި އެ މާއްދާތަކާއި ބައްޔަށް ތަހުލީލުކުރާ ކިޓާއި ވެންޓިލޭޓަރާއި ޕީޕީއީ އިންޑިޔާއަށް ފޮނުވާނެކަމަށެވެ.

މީގެއިތުރުން އިންޑިއާގެ ވެކްސިން އުފައްދާ ކުންފުންޏެއްކަމަށްވާ ބަޔޯއީ ކުންފުނީގެ މަސައްކަތް ފުޅާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އެމެރިކާއިންވަނީ ބުނެފައެވެ. އަދި އާންމު ސިއްހަތާބެހޭ މާހިރުންގެ ވަފުދެއް އިންޑިޔާއަށް ފޮނުވުމަށްވަނީ ނިންމައިފައެވެ.

އިންޑިއާގައި ހަލުވިކަމާއެކު މިބަލި ފެތުރެން ފަށާފައި ވަނީ އެގައުމުގެ ސަރުކާރުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކަށް ލުއިދިނުމުން ކަމަށް ގިނަބަޔަކު ދެކެއެވެ.  އޭގެ އިތުރުން ކޮވިޑް-19 ގެ ނުރައްކާތެރި ވައްތަރެއް އެ ގައުމުގައި ފެތުރޭކަމަށް ބައެއް ސިއްހީ މާހިރުން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: