ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ކައުންސިލަށް އިޤްނާޛު އިންތިޙާބު ވެއްޖެ

މުޙައްމަދު އިޤްނާޛު ޢަލީ—
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރު ކަމަށް މުޙައްމަދު އިޤްނާޛު ޢަލީ އިންތިޚާބު ވެއްޖެ އެވެ.

އެމްއެމްސީގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަަށް ވެލާނާގޭގައި މިއަދު ވަނީ ވޯޓުލުން ކުރިއަށް ގެންގޮސްފައެވެ

އެމްއެމްސީގެ މެމްބަރު ކަމަށް އިޤްނާޛު އިންތިހާބުވެފައިވަނީ “ފެށުން” ގެ ފަރާތުންނެވެ. އިޤްނާޛު އާ ވާދަކުރީ “އެޓޯލް ނިއުސް”ގެ އިބްރާހީމް ރަމީޒުއެވެ. އިޤްނާޛުއަށް 36 ވޯޓްލިބިފައިވާއިރު އިބްރާހީމް ރަމީޒުއަށް ލިބިފައިވަނީ 1 ވޯޓެވެ.

މީޑިއާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީ ކޮށްފައި ވާ ނޫސްތަކަށާއި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލު ކުރާ އެއް ފަރާތަކަށެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 66 ފަރާތެއް ރަޖިސްޓަރީ ކޮށްފައިވާއިރު، ވޯޓު ލާފައިވަނީ 37 ފަރާތަކުންނެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެއެވެ. އެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މީގެ ކުރިން ކޮށްފައިވެއެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އެ ދެ އިދާރާ އެއްކޮށްލާ “މޯލްޑިވްސް މީޑިއާ ކޮމިޝަން”ގެ ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ނިންމާ އެކަމާއި ގުޅޭ ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް ފަށާފައެވެ. އަންނަ އަހަރުގެ ކުރީކޮޅު އެ ބިލް މަޖިލީހަށް ފޮނުވާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: