ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިރޭ ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ފެބްރުއަރީ މަހު ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް އެކަނި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ކޮވިޑް ޝީލްޑްގެ ދެވަނަ ޑޯޒް މިރޭ ޖަހާނީ ކޮވިޑްގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު 12 ހަފްތާވެފައިވާ މީހުންނަށް އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަންސީ އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ހަމަވެފައިވާ ނުވަތަ ހަމަވާން ކައިރިވެފައިވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން މިރޭ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެވޭނީ ހަމައެކަނި ފެބްރުއަރީމަސް ތެރޭ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށްކަމަށެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ވެކްސިން ދިނުން ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައިކަމަށެވެ. އަދި ނަންބަރު ދޫކުރުމުގައި ވެކްސިން ކާޑާށް ބެލެވޭނެކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މި ބަދަލަކީ ކިއު ބޮޑުވުމާއި އަދި 12 ހަފްތާ ވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން ގެނެވޭ ބަދަލެއްކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި 12 ހަފްތާ ވާ ފަރާތްތަކަށް ވެކްސިން ދެވޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ރަމަޟާން މަސް އައި ފަހުން ވެކްސިން ކިއޫތައް ގިނަވެ ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖެހުމަށް ވެކްސިން ސެންޓަރުތަކަށް ޖަމާވެ އާންމުންގެ ޝަކުވާތައް ގިނަ ވުމުގެ ސަބަބުން އޮންލައިންކޮށް ވެކްސިން ނަންބަރު ދޫކުރަން ކިއުބީ އެޕްލިކޭޝަނެއް ވެސް އެޗްޕީއޭއިން ހުޅުވާލިއެވެ. އަދިވެސް ވެކްސިން ކިއުތައް ދިގުވާ މައްސަލަ އާންމުންގެ ފަރާތުން އަންނަމުންދެ އެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: