ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މިވަގުތު ހުރީ ކޮވިޑް ޝީލްޑް ވެކްސިންގެ 1700 ޑޯޒް!

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މިހާރު ހުރީ ކޮވިޝީލްޑް ވެކްސިންގެ 1,700 ޑޯޒް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ އަށް ހަފުތާ ވެފައި ތިިބި 26،400 މީހުން އެބަ ތިބި ކަމަށާއި ނަމަވެސް އެ އެންމެންނަށް ޖަހާ ވަރަށް ރާއްޖޭގައި މިވަގުތު ކޮވިޝީލްޑްގެ ވެކްސިން ނެތް ކަމަށެވެ.
މަބްރޫކް ވިދާޅުވީ، އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ދިނުން މިހާރު ހުއްޓާލައިފައިވާ ކަމަށާއި މިހާރު ހުރި ވެކްސިން ދޭނީ، ސިއްހީ ހިދުމަތްތެރީންގެ ތެރެއިން ދެވަނަ ޑޯޒް ނުޖަހާ ފަރާތްތަކާއި ހާއްސަ ހާލަތްތަކުގައި ރާއްޖެއިން ފުރަން ޖެހޭ މީހުންނާއި އެކިއެކި ބަލިތައް ހުންނަ މީހުންނަށް ކަމަށެވެ.
ކޮވިޝީލްޑްގެ އިތުރު ސްޓޮކެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމާ ގައުމުތަކާއެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އިންޑިއާއިން ގެންނަން ނިންމާފައިވާ ކޮވިޝީލްޑްގެ 100،000 ޑޯޒްގެ ސްޓޮކް ރާއްޖެ ނުގެނެވި ވަނީ އެގައުމުގެ ކޮވިޑްގެ ހާލަތު ގޯސްވުމާއި ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ޖަހަން ފެށީ ކޮވިޝީލްޑް ވެކްސިނެވެ. އެގޮތުން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް 250،000 އަށްވުރެ ގިނަ މީހުންނަށް ޖަހާފައިވާ އިރު، ދެވަނަ ޑޯޒް 11400 އަށް ވުރެ ގިނަ މީހުންނަށް ވަނީ ޖަހައިފައެވެ. ކޮވިޝީލްޑްގެ އިތުރުން ރާއްޖޭގައި ދެން ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިނާއި ފައިޒާ ވެކްސިނެވެ. މިވަގުތު ރާއްޖޭގައި ހުރީ ސިނޮފާމްގެ 137،000 ޑޯޒް އާއި ފައިޒާގެ 4،600 ޑޯޒެެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: