ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުރައްކާ އެންމެންނަށްވެސް، އައިސީޔޫގައި 65 އިންސައްތަ ޒުވާނުން!

ފޮޓޯ-ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ 65 ޕަސަންޓް މީހުންނަކީ 40 އަހަރުން ދަށުގެ މީހުން ކަމަށް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން އޭނާ ވިދާޅުވީ ކުރިން އައިސީޔޫގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހެނީ އުމުރުން ދުވަސް ވީ މީހުން ކަމަށެވެ. ނަމަވެސް ފަހުން އައި ވޭރިއަންޓާ އެކު މި ބަލީގައި ސީރިއަސް ވާ ޒުވާނުން އިތުރުވެ އައިސީޔޫގައި ފަރުވާދޭ ޒުވާނުންގެ އަދަދު އިތުރުވެފައި ވާކަމަށްވަނީ ވިދާޅުވެފައެވެ. އެގޮތުން އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ 65 އިންސައްތަ މީހުންނަކީ 40 އަހަރުން ދަށުގެ މީހުންނެވެ.

މިހާރު ތިބި ގިނަ ބަލިމީހުންނަކީ ވެކްސިންގެ ޑޯޒެއް ޖަހާފައި ނުވާ މީހުން ކަމަށް ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. އަދި ވެކްސިން ޖަހާފައި ވަނީ އެންމެ 3 މީހުން ކަމަށާއި، ދެ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ އެންމެ މީހަކު ކަމަށް ވަނީ  ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ވެސް ވެކްސިންގެ 1 ޑޯޒް ފުރިހަމަ ކުރި މީހަކު ވެންޓިލޭޓަރަށް ލާން ޖެހުނު ނަމަވެސް، އޭނާގެ ހާލު ރަނގަޅުވެ މިހާރު ވެންޓިލޭޓަރުން މިހާރުވަނީ ނަގާފައެވެ. ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި މާބަނޑު ދެ މީހަކު ވެސް ހިމެނޭ ކަމަށާއި، ނަމަވެސް އެ މީހުންނަށް ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭން ޖެހޭ ހާލަތެއް އަދި މެދުވެރި ވެފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ޑރ، މުހައްމަދު އިސްމާއިލް ވިދާޅުވީ މިހާރު ފާހަގަ ކުރެވޭ ގޮތުގައި އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ފަރާތުން އަލާމާތްތައް ފެންނަން ފަށާތާ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ސީރިއަސް ހާލަތަކަށް ދާ ކަމަށެވެ. އަދި ފުރަތަމަ 10 ދުވަސް ތެރޭގައި ވަރަށް ބޮޑަށް ފުއްޕާމޭ ހަލާކު ވެގެން ގޮސް ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: