ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނޑިދޫގައި ކޮވިޑަށް މީހަކު ޕޮޒިޓިވްވެ ކޮމިއުނީ ސްޕްރެޑަކަށް!

ދ.ބަނޑިދޫ ބަނދަރު ސަރަހައްދު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދ. ބަނޑިދޫއިން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެގޮތުން އެ ރަށުގައި ކަރަންޓީނުގައި ތިބި ހަ މީހުންގެ އާއިލާއެއް މީގެ ހަތަރު ދުވަސް ކުރިންވަނީ ޕޮޒިޓިވްވެފައެވެ.

އަދި ރަށުގައި އެހެން މީހުންގެ ފަރާތުންވެސް ރޯގާގެ އަލާމާތްތައް ފެނުމުގެ ސަބަބުން އިއްޔެ ބަނޑިދޫއިން 10 ރެންޑަމް ސާމްޕަލް ވަނީ ނަގާފައެވެ. އިއްޔެ ނެގި ސާމްޕަލްތަކުގެ ތެރެއިން ފަސް މީހެއްގެ ނަތީޖާ ލިބިފައިވާއިރު އޭގެތެރެއިން އެކަކު މީހާރު ވަނީ ޕޮޒިޓިވް ވެފައެވެ.

މިހާރު އެ ރަށުގައި ކޮންޓެކްޓް ޓްރޭސިން ހަދާ އަށް ގެޔެއްވަނީ މޮނިޓަރިންގެ ހާލަތައް ގެނެވިފައެވެ. ނަމަވެސް އެ ރަށް އަދި މޮނިޓަރިންގެ ހާލަތައް ނުލާކަމަށް މައުލޫމާތު ލިބެއެވެ.

އިއްޔެ ރާއްޖޭއިން 1،572 މީހަކު ކޮވިޑަށް ޕޮޒިޓިވެފައިވާ އިރުގައި 1،315 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި 242 މީހުން އަތޮޅުތެރެއިން ޕޮޒިޓިވްވި އިރު ރިސޯޓުތަކުން އިއްޔެ 15 މީހަކުވަނީ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: