ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނ. މިލަދޫއިން ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވް ވެއްޖެ

ނ. މިލަދޫ— ފޮޓޯ: މުހައްމަދު ހައްޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މިލަދޫގައި ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެ ރަށު ހެލްތް ސެންޓަރުން ބުނެފައިވަނީ ކަރަންޓީނުގައި ނެތް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އިތުރަށް ބަލަން ޖެހޭކަންކަން ބަލަމުންދާކަމަށެވެ.

މިލަދޫ ހެލްތް ސެންޓަރުގެ ސީނިއާރ އެޑްމިނިސްޓްރޭޓަރ އަބްދުލް މަޖީދު މުހައްމަދު “ސަންގު”އާ ވާހަކަދައްކަވަމުން ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ މީގެ ދެދުވަސް ކުރިން ބަލިވެ ޑޮކްޓަރަށް ދެއްކި މީހެކެވެ.

ޑޮކްޓަރަށް ދެއްކިއިރު އަލާމާތްތައް ހުރުމާ ގުޅިގެން ނެގި ދެ މީހެެއްގެ ސާމްޕަލްގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައި ވާކަމަށް މަޖީދު މައުލޫމާތު ދެއްވިއެވެ. އަދި ޕޮޒިޓިވްވި މީހާއަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް މީހެއް ކަމަށް ވަނީ އޭނާ ވިދާޅުވިއެވެ.

މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުންދާކަމަށާއި އެގޮތުން އެެއްގެ މިހާރު ވެސް މޮނިޓަރިންއަށް ލެވިފައިވާ ކަމަށް މަޖީދު ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރާއްޖެ ތެރޭގެ ރަށްރަށުގައި ކޮވިޑް-19 ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: