ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ގައި!

އެސްޓީއޯ އިން ދަރުބާރުގޭގައި ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޓީއޯ) ކޮމްޕެނީގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 31 ގައި ބޭއްވުމަށް ނިންމައިފި އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވާޗުއަލްކޮށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

މައިކްރޯ ސޮފްޓް ޓީމްސް މެދުވެރިކޮށް ބާއްވަން ހަމަޖެހިފައިވާ އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާއަށް އެ ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް ކުންފުނީގެ ފަރާތުންވަނީ ދައުވަތު އަރުވާފައެވެ.

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ގަޑިއަކީ 31 ވާ ހޯމަ ދުވަހުގެ ހަވީރު 16:00 އެވެ.

އެސްޓީއޯއިން ވަނީ އެކުންފުންޏަށް ލިބުން ސާފު ފައިދާ މިދިޔަ އަހަރަށް ވުރެ އިތުރުވެފައި ވާތީ ކުންފުނީގެ ކޮންމެ ހިއްސާދާރަކަށް 60 ރުފިޔާ ބަހަން ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: