ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫއިން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ސިފައިންނާއި ފުލުހުން ގުޅިގެން އައްޑޫގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން/ ފޮޓޯ: އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ އައްޑޫގައި ޓެރެރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

އިއްޔެ ހިންގި އޮޕަރޭޝަނުގައި އައްޑޫ ސިޓީގެ އެކި ރަށްރަށުން 7 މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބުނީ އިއްޔެ ހައްޔަރު ކުރި އެންމެންގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް އަދި ހަތަރު މީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިދީފަވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ 06 ވަނަ ދުވަހުގެ ރޭ ރޭގަނޑުގެ ވަގުތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ފުލުހުންނާއި ސިފައިން ދަނީ މާލޭގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ހަރަކާތްތެރިވާން ފަށާފައެވެ. މީގެ ދެރޭ ކުރިން ސިފައިންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ވަރުގަދަ ކުރިއެވެ. އަދި އެއާޕޯޓަށް އެތެރެވާ އެންމެން ބަލާ ފާސްކޮށް ވެހިކަލްތައް، ވެސް ހުއްޓުވާ ސުވާލުކޮށްފައި ވެއެވެ.

ޓެރަރިޒަމާއި ދެކޮޅަށް މިއަދު އައްޑޫގައި އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔައީ، ލިބުނު އިންޓެލް އަކާއި ގުޅިގެންކަމަށް މައުލޫމާތު ލިބެއެވެ. އެނގިފައިވާ ގޮތުން މިހާތަނަށް އޮޕަރޭޝަންގައި ހައްޔަރު ކުރި ހަތް މީހުންނަކީ ވެސް ހަރުކަށި ފިކުރަށް ނިސްބަތް ވާ، އެ ފިކުރު ފަތުރަން މަސައްކަތް ކުރާ ބައެކެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ރާއްޖޭގެ އެހެން ރަށަކުން އައްޑޫ މަރަދޫއަށް ދިޔަ މީހަކު ހިމެނެ އެވެ. އަދި މި މީހުން ހައްޔަރު ކުރީ، ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމުގެ މައުލޫމާތުތަކެއް ލިބިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: