ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާބަނޑު މީހުން ފާއިޒާ ވެކްސިން ޖަހަން ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާބަނޑު އަންހެނުންނަށް ފައިޒާ ވެކްސިން ޖެހުމަށް ހުޅުވާލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނުކޮށްފައިވާ ގޮތުގައި، ފައިޒާ ވެކްސިން މާބަނޑު މީހުންނަށް ޖެހުމަށްޓަކައި ރަޖިސްޓުރީވުމަށް ވަނީ ހުޅުވާލާފައެވެ. ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓުރީކޮށްފައިވާ މީހުންގެ ތެރެއިން ކުރިން އަންނަ މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70 ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މި ވެކްސިން ޖަހާނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެކަންޏެވެ. ފައިޒާ ވެކްސިންގެ 5،500 ޑޯޒް ރާއްޖޭގައި އެބަހުއްޓެވެ. ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމް ދަށް ފަރާތްތަކަށް އެކަނި ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ. އެގޮތުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރުދެރަ މީހުންނާއި ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނާއި، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާހޯދަމުންދާ މީހުން ހިމެނެއެވެ.

ރާއްޖޭގައި މާބަނޑު މީހުންނަށް ވެކްސިން ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމާފައިވަނީ ގިނަ މަޝްވަރާތަކަކަށްފަހުގައެވެ. އެގޮތުން އެޗްޕީއޭއިން މީގެ ކުރިން ވިދާޅުވީ ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މާބަނޑު މީހުން އިތުރުވަމުން އަންނައިރު ކުރިއާ ޚިލާފަށް މިހާރު މާބަނޑު މީހުންގެ ޙާލު ގޯސްވަމުންދާ ކޭސްތައް އިތުރުވަމުން އަންނަކަމަށެވެ. މީގެކުރިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޙާލަތު ގޯސްވެގެން އައިސީޔޫއަށް ލާންޖެހޭފަދަ ޙާލަތަކަށް ނުދިޔަނަމަވެސް މިހާރު މާބަނޑު މީހުންނަށް އައިސީޔޫގައި ފަރުވާދޭންޖެހޭ ނިސްބަތްވަނީ އިތުރުވެފައެވެ.

ކޮވިޑް-19އަށް ފަރުވާކުރުމުގައި އައިޖީއެމްއެޗުގައި ޙަރަކާތްތެރިވާ އެހޮސްޕިޓަލްގެ އެތެރެހަށީގެ ޑޮކްޓަރ މުޙައްމަދު ޢަލީ ވިދާޅުވީ މިހާރުވެސް 50 މީހުންނާއި ގާތަށް މާބަނޑު މީހުން ރާއްޖޭގައި ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މީގެތެރެއިން އެކަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންކަމަށްވެސް މުޙައްމަދު ޢަލީ ވިދާޅުވެފައިވެއެވެ.

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމަށް ނިންމާފައިވާއިރު ފައިޒާ ވެކްސިނަކީ މިހާތަނަށް ރާއްޖޭގައި ދެމުން އަންނަ، ރައްކާތެރިކަން އެންމެ ބޮޑު އެއް ވެކްސިންއެވެ. ފައިޒާ ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 11ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: