ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި އަޅާ އިސްލާމިކް ސެންޓަރެއް ފަރުމާ ކުރުމުގެ މުބާރާތެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ދާއިރާގެ ފަންނުވެރިންނަށް އަމާޒުކޮށް މުބާރާތެއްގެ ސިފައިގައި ހުޅުމާލޭގައި އިސްލާމިކް ސެންޓަރެއް ފަރުމާކުރުމުގެ ފުރުސަތު އެޗްޑީސީ އިން ހުޅުވާލައިފިއެވެ.

އެޗްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ތަރައްގީ ކުރެވިފައިވާ ސެންޓްރަލް ޕާކަކީ ހުޅުމާލޭގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ގިނަ ހަރަކާތްތަކެއް އެކުލެވިގެންވާގޮތަށް ފަރުމާކުރެވި ތަރައްގީކުރަމުން އަންނަ ޕާކެއް ކަމަށެވެ.

މިގޮތުން ހަތަރު ސަރަހައްދެއް އެކި ބޭނުންތަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ މިސްކިތަކާއި އިސްލާމިކް ސެންޓަރެއް ބިނާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މިސްކިތާއި އިންވެގެން ހެދޭ އިސްލާމިކް ސެންޓަރު ފަރުމާކުރުމުގެ ފުރުސަތު މިހާރު ދައިރާގެ ފަންނީ ދިވެހިންނަށް ހުޅުވާލެވިފައިވާ ކަމަށް އެޗްޑީސީ އިން މައުލޫމާތުދެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމކް ޑިވޮލޮޕްމަންޓާއި އެޗްޑީސީ ގުޅިގެން ހިންގާ މި ޑިޒައިން މުބާރާތަކީ، ދިވެހި ސަގާފަތާއި ގުޅޭ އިހުގެ މިސްކިއްތަކުން މިސާލު ނަގައިގެން ޑިޒައިން ކުރުމުގެ ފުރުސަތު ދިވެހި އާކިޓެކްޓުންނަށް ދިނުމުގެ ބޭނުމުގައި ހިންގޭ މުބާރާތެއް ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޑީސީ އިން ބުނީ މި މަޝްރޫއު އަދި ޑިޒައިން މުބާރާތުގެ ދަށުން ފަރުމާކޮށް ބިނާ ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ ކޯޓްޔާޑާއި އެކު 2500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އަދި އިސްލާމިކް ސެންޓަރުގައި ލައިބްރެރީއެއްގެ އިތުރުން މީޓިން ރޫމް ފަދަ ތަންތަން ހިމެނިފައިވާނެ ކަމަށެވެ.

މި މުބާރާތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ދިވެހި އާކިޓެކްޓުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި ކަމަށާއި، މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ނުވަތަ ޑިޒައިންނަކަށް އިނާމެއްގެ ގޮތުގައި 300،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 27 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް ވަނީ އިއުލާން ކުރެވިފައެވެ.

ހުޅުމާލޭގައި ހިންގޭ މަޝްރޫއުތަކަކީ ވިހާވެސް ގިނަ ރައްޔިތުންތަކެއްގެ ބައިވެރިވުމާއި ހިޔާލާއި އެކު ތަރައްގީ ކުރެވިގެން ދާނެ މަޝްރޫއުތަކަކަށް ހެދުމަށް އެ ކޯޕަރޭޝަންގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ވަކިން ހާއްސަކޮށް ސެންޓްރަލް ޕާކަކީ ހުޅުމާލޭގެ ފެހިކަން އިތުރުކޮށް ހުޅުމާލޭގައި ދިރިއުޅޭ ކުދި ބޮޑު ހުރިހާ ފަރާތްތަކަށްވެސް ބޭނުން ހިފޭނެ ގޮތަކަށް ފަރުމާކުރެވި ތަރައްގީ ކުރުވެމުން އަންނަ ޕާކެއް ކަމަށްވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: