ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮނޑޭ ކައުންސިލުގެ ރައީސް ހޮވުމަށް ނެގި ވޯޓު އަލުން ގުނުމަށް ހުކުމް ކޮށްފި

ކައުންސިލްތަކުގެ ބައެއް ގޮނޑިތަކަށް ފިރިހެނުން ކުރިމަތި ލުމުން "މަހުރޫމް ވީ" މައްސަލަ ހައި ކޯޓުން ބަލައިގެންފި
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކޮނޑޭ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އަލުން ގުނުމަށް ހައި ކޯޓުން ހުކުމް ކޮށްފި އެވެ.

ކޮނޑޭ ކައުންސިލް ރައީސްގެ ވޯޓު ބާތިލުކޮށްދިނުމަށް ނުވަތަ އަލުން ގުނައިދިނުމަށް އިންތިހާބީ ޝަކުވާ ހުށަހަޅާފައިވަނީ ރައީސް ކަމަށް ކުރިމަތިލި ކެންޑިޑޭޓް ޝުއައިބު މުހައްމަދު ދީދީ އެވެ.

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި ޝުއައިބަށް 128 ވޯޓު ލިބުނު އިރު މިހާރުވެސް ކޮނޑޭ ކައުންސިލް ރައީސްގެ މަގާމުގައި ހުންނެވި އަދި އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެނޑިޑޭޓު އަހުމަދު އަބްދުލްހަކީމަށް ލިބުނީ 130 ވޯޓެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޝުއައިބު ފާހަގަކޮށްފައިވާ ކަންތައްތަކަކީ އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވޭތީ އަލުން ކައުންސިލް ރައީސްގެ ވޯޓު ގުނަން އަމުރު ކުރާ ކަމަށެވެ.

އެ މައްސަލަ ބެލި ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުﷲ ހަމީދު އާއި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިމެންދެން އެ ރަށުގެ އިންތިހާބީ ކައުންސިލްގެ ރައީސް ހުވާކުރުން ވެސް އޮތީ ފަސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: