ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިތުވި 24 ގަޑިއިރު 10 މަރާއެކު ޕޮޒިޓިވްވި މީހުންގެ އަދަދު 1،417!

އައްޑޫގައި ކޮވިޑުގެ ކޭސްތައް ދަނީ ވަރަށް ބޮޑުތަނުން އިތުރުވަމުން/ ފޮޓޯ: އެޗްއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އަށް މިއަދު 1،417 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި ހަޔަކުން މިއަދުގެ އިރުއޮއްސި ހަޔަކާ ހިސާބަށް ރާއްޖެއިން 1،417 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1،097 މީހަކާއި އަތޮޅުތެރޭން ޕޮޒިޓިވްވި 303 މީހެއްގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 17 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 57،341 އަށް އަރާފައެވެ. މިވަގުތު ކޮވިޑް ޖެހިގެން ރާއްޖޭގައި 24،057 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ހޮސްޕިޓަލް ތަކުގައި އެޑްމިޓްކޮށްގެން 282 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި މިހާރު މިބަލިން ރަނގަޅު ވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 33،136 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑީރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް 5،581 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ފާއިތުވި 24 ގަޑީރުގެ ތެރޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ 10 މީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ. މިއާއެކު މިބީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 139 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: