ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ސަރުކާރުގެ ލިޑާޝިޕާއި ހިންގުންތެރިކަން ދައްކަންވީ ވަގުތު: ޑީއެންއޭ

މިނިވަން 50 ގައި ކޮރަޕްޝަނެއް ނެތް، ދެން ވެސް ފެންނާނީ "ހުދު ވަލެއް": އުމަރު - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގެ މިހާލަތުގައި މުހިންމީ މި ހާލަތުން ރާއްޖެއަށް އަރައިގަނެވޭނޭ އެންމެކުރު މަގަކީ ކޮބައިތޯ ބަލައި އެމަގަކުން ނުކުމެވޭތޯ މަސައްކަތްކުރުން ކަމަށް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ)އިން ބުނެފިއެވެ.

ޑީއެންއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ “މިއީ ސަރުކާރަށް ދެވުނު އެއްބާރުލުމެއް އަޅުގަނޑުމެން އެންމެން ދޭންވީ ވަގުތު. ކޮވިޑްގެ ނުރައްކަލުގެ ތެރޭގައި ރާއްޖެ ހޭދަކުރަމުންދާތާ ގާތްގަނޑަކަށް ދޮޅު އަހަރުވަނީ. ޑީއެންގެ ފަރާތުން އަޅުގަނޑު އިލްތިމާސް ކުރާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ބޯލެނބުމަށާއި ގައިދުރުކަމާއި މާސްކުއެޅުންފަދަ އަސާސީ ކަންކަމަށް ފަރުވާތެރިވެލެއްވުން،” ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ސަރުކާރުން ވެސް އެބޭފުޅުންގެ ލިޑަރޝިޕާއި ހިންގުންތެރިކަން ދައްކަންވީ ވަގުތު ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ވެރިން ކުރިމަތިލައްވައި ރައްޔިތުންނަށް އެކިއެކި މެސެޖުތައް ދެއްވަންވީ ވަގުތު ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިއީ ސިއްހީދާއިރާގެ ހީވާގި ބޭފުޅުންނަށް ސަރުކާރާއި ރައްޔިތުން ހިތްވަރު ދެއްވަންވީ ވަގުތު ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ.

ކޮވިޑްގައި ގިނަ އަދަދަކަށް ރާއްޖެއިން މީހުން މަރުވަމުންދާއިރު، މި ބައްޔަށް ޕޮޒިޓިވް ވެފައިވާ 24،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އެބަ ތިއްބެވެ. އޭގެތެރެއިން 280 އަށް ވުރެ ގިނަ މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: