ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއެންއޭއިން އިސްނަގައިގެން ބާއްވާ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާއެއް މާދަމާރޭ!

ކުރީގެ ހޯމް މިނިސްޓަރު ޑީއެންއޭ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އުމަރު ނަސީރު— ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ނެޝެނަލް އެކްޝަން (ޑީއެންއޭ) އިން އިސްނަގައިގެން ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޑީއެންއޭގެ ތަރުޖަމާން ޝުޖާއު “ސަންގު” އަށް ވިދާޅުވީ މި ޖަލްސާއަކީ ޑީއެންއޭގެ ޖަލްސާއެއް ނޫން ކަމަށާއި ޖަލްސާ ހާއްސަ ކުރަނީ ތިނެއް ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާގައި ދިވެހި ގައުމުގެ ދިފާއުގައި ނިކުތް ހުރިހާ ސިފައިންނަށް ކަމަށެވެ. އެގޮތުން އެދުވަހު ދުޝްމަނުންނާ ދެކޮޅަށް ނިކުތް ބައެއް ސިފައިން ޖަލްސާގައި ބައިވެރިވެ އެ ދުވަހުގެ ތަޖުރިބާ ހިއްސާ ކުރައްވާނެ ކަަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޑީއެންއޭއިން މިފަދަ ޖަލްސާއެއް ބާއްވަން ނިންމީ ތިނެއް ނޮވެމްބަރުގެ ހަމަލާގައި ގައުމުގެ ދިފާއުގައި ނިކުތް ބައެއް ފަރާތްތަކުން ޖަލްސާއެއް ބޭއްވުމަށް އެދެމުން ދިއުމާއި އެ ބޭފުޅުންގެ އަގު ވަޒަން ކުރުމަށް ކަމަށެވެ.

މި ޖަލްސާ އޮންނާނީ މާދަމާ ރޭ 9:30 ގައި ޑީއެންއޭގެ ޖަލްސާކުރާ ހޯލުގައެވެ. ޖަލްސާގައި އާންމުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: