ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ. ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތަ ނިންމާލައިފި

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު
ޝެއާރކޮށްލާ ކަހަލަދޯ؟

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފި އެވެ.

މި މަޝްރޫޢުގައި 22.2 ހެކްޓަރުގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އިތުރުން 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއު ނިމޭއިރު ދުވާފަރުގެ 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލެވިގެން ދާނެކަމަށެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް އެމްޓީސީސީން ކުރަމުން އެބަ ގެންދެެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ގާ އެތުރުމުގެ މަސައްކަތެވެ. ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫގެ ދަށުން މިއަހަރުގެ ޖެނުއަރީ 27ގައި އެރަށުގެ މަގުތަކުގެ ތާރު އެޅުން ވަނީ ނިންމާލާފަ އެވެ.

ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތުގެ އިތުރުން، ފެންހިންދާ ނިޒާމެއް ޤާއިމުކުރެވިގެން ދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: