ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭބިސީތަކުން ކުނިތައް ބަންދު ކުރުމުގައި މިންގަނޑާއި އެއްގޮތަށް ބަންދު ކުރުމަށް ވެމްކޯއިން އެދިއްޖެ

ފޮޓޯ-ސަންގު ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭސްޓް މެނޭޖްމެންޓް ކޯފަރޭޝަން ލިމިޓެޑް ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި އެކުންފުނިން ހިދުމަތް ލިބިގަންނަ ހުރިހާ ކަސްޓަމަރުންވެސް ކުނި ބަންދުކުރުމުގައި ސަމާލުވުމަށް އެދެފި އެވެ.

ވެމްކޯއިން މިހެން އެދިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު މާލެ ސިޓީގެ ގެއަކުން ނެރެފައިހުރި ކުނި ކޮތަޅަކުން ބިއްލޫރިފަދަ އެއްޗަކުން އެކުންފުނީގެ މުވައްޒަފަކަށް ގެއްލުންތަކެއް ލިބިފައިވުމާ ގުޅިގެންނެވެ. އެގޮތުން މުވައްޒަފަށް އެ ކުނި ކޮތަޅު އެއްލާލުމަށް އުޅުމުގެ ތެރޭގައި ބިއްލޫރިފަދަ އެއްޗެއް ހެރި ވާތު އަތުގެ ނާރުތަކަށް ގެއްލުންވެފައިވާކަމަށް އެ ކުންފުނިންވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުންވެސް މެއި މަހުގެ 27 ގެ ނިޔަލަށް އެކްނިވެސް މިކަހަލަ 3 މައްސަލައަކާ ކުރިމަތިލާން ޖެހި ވެމްކޯގެ މުވައްޒަފުންނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ކުނި ނެގުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކުންފުނީގެ ވެށިފާރަވެރިންގެ ރައްކާތެރިކަމަށްޓަކައި އަންގި އަދި މަސައްކަތުގައި މަސްއޫލުވެ އުޅުމުގައި ރައްކާތެރިވުމަށް އެކި އާލާތްތައް ފޯރުކޮށްދެމުންދާއިރުވެސް ބައެއް ބޭފުޅުން އެކުންފުނީގެ ކުނި ބަންދުކުރުމުގެ މިންގަނޑަށް ބެލުމެއްނެތި ކުނި ނެރެމުންދާތީ ވެމްކޯއިން ވަނީ ހިތާމަ ފާޅުކޮށްފައެވެ. ކުނި ބަންދުކުރުމުގައި މިހެން ކަންތައް ކުރަމުންދާތީ އެކުންފުނީގެ ވެށިފާރަވެރިނަށް އެކިވަރުގެ ގެއްލުމާ ހާނިއްކަ ހުއްޓުމެއް ނެތި ލިބިގެންދާކަމަށް ވިދާޅުވެ ވެމްކޯއިންވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮވިޑް-19 ގެ މި ޙައްސާސީ ވަގުތުގައިވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޒަރޫރީ ހިދުމަތް ފޯރުކޮށްދިނުމުގައި ވެމްކޯގެ މުވައްޒަފުން ދެމިތިބި އިރު އެކުންފުނީގެ ކުނި ބަންދުކުރުމުގެ މިންގަނޑަށް ބެލުމެއްނެތި ކުނި ނެރެމުންދާ މައްސަލަވަނީ ވަރަށް ގިނަވެފަކަންވެސް ވެމްކޯއިން ފާހަގަ ކުރެއްވި އެވެ.

އެގޮތުން މިފަދަ ހާދިސާތައް ހިނގަން މެދުވެރިވަނީ ބިއްލޫރި ދަގަނޑު އަދި މީގެ އިތުރުންވެސް އިތުރު ތޫނު އެއްޗެހި ރަނގަޅަށް ބަންދުނުކޮށް ނެރޭތީކަމަށް އެކުންފުނިން ބުނެފައިވެ އެވެ.

މިކަމާގުޅިގެން އިތުރަށް މިފަދަ ކަމެއް ތަކުރާރު ނުވާނެހެން ކުނި ކޮތަޅުތައް ބަންދުކުރުމުގައި އެ ކުންފުނިން އަންގާފައިވާ މިންގަނޑާ އެއްގޮތަށް ކުނި ބަންދުކުރުމަށް ވެމްކޮއިން ވަނީ އެކުންފުނީގެ ކަސްޓަމަރުންގެ ކިބައިން އެދި ވަޑައިގަނަފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: