ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޮލަންޓިއާ މަސައްކަތަށް 1000 އަށް ވުރެ ގިނަ ފޯމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގައި ރާއްޖޭގެ ހާލަތު ގޯސްވެ ވޮލެންޓިއަރ ކުރާނެ މީހުންގެ ބޭނުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއަށް ވަރަށް ބޮޑުވެފައިވާ ދަނޑިވަޅުގައި، ވޮލަންޓިއަރ ކޮށްދިނުމަށް އެދި ހުޅުވާލި ފުރުސަތުގައި އެތައް ސަތޭކަ ފޯމްއެއް ހުށައަޅާ ގިނަ ބަޔަކު މިކަމަށް ޝައުގުވެރިކަން ފާހަގަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ އެޖެންސީގެ މަސައްކަތަށް ވޮލަންޓިއާ ކޮށްދިނުމަށް މި މަހުގެ 25 ވަނަ ދުވަހު ހުޅުވާލި ފުރުސަތުގައި އެތައް ސަތޭކަ ބަޔަކު ފޯމު ހުށަހަޅާފައިވާކަމަށާއި އަދި މިހާރު 1،000 އަށް ވުރެ ގިނަ ފޯމު ޕްރޮސެސް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވެ ފެސިލިޓީތަކުގައި މަސައްކަތް ކުރާނެ މީހުން މަދުވުމުން ކޮވިޑް ފެސިލިޓީތައް އެންމެ އެދެވޭ ގޮތެއްގައި ނުހިންގޭ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ބަލިމީހުންގެ ގިނަ ޝަކުވާތަކެއް ފެސިލިޓީގައި ހުރި އިރު މިފަދަ ކަން ކަން ދިމާވަނީ ހިދުމަތްދޭންތިބި މީހުން މަދު ކަމުންކަން އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެގޮތުން ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ އަދަދު މަދުވުމާއެކު އެ ފެސިލިޓީގައި ވަނީ ބަލި މީހުންނަށް އެންމެ ފުރިހަމައަށް ފަރުވާ ދިނުމުގައިވެސް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، މިހާރު ރާއްޖެއަށް ދިމާވެފައިވާ މި ދަނޑިވަޅުގައި ދަތިކަން ހުރީ ހަމައެކަނި އިންސާނީ ވަސީލަތަށް ކަމަށް ވިދާޅުވެފައެވެ.

މިފަހަރު އެޗްޕީއޭއިން ވޮލަންޓިއަރުން ހޯދަން ހުޅުވާލީ އެޗްއީއޯސީގެ ކޯލް ސެންޓަރަށާއި ކޮވިޑް-19 ފެސިލިޓީފަދަ ތަންތަނުގައި މަސައްކަތް ކުރުމަށެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވް ވާ މީހުން ކޮންމެ ދުވަހަކު ހާހުން މަތީގައި ހުރި އިރު، ރައްޔިތުންގެ އެންމެބޮޑު ޝަކުވާ އަކަށް ވެފައިވަނީ އެޗްޕީއޭއަށް ނުގުޅުމާ ޓެސްޓް ކުރުމަށް ދިމާވާ ދަތިތަކެވެ.

މިފަހަރު އެޗްޕީއޭއިން ވޮލަންޓިއަރުން ހޯދަން ހުޅުވާލީ އެޗްއީއޯސީގެ ކޯލް ސެންޓަރަށާއި ކޮވިޑް-19 ފެސިލިޓީފަދަ ތަންތަނުގައި މަސައްކަތް ކުރުމަށެވެ.

އާންމުންގެ ތެރެއިން މި ހާލަތުގައި އެޗްޕީއޭގެ މަސައްކަތުގައި ވޮލަންޓިއާ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހެޅި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ ނިހާޔަތަށް ޝުކުރު އަދާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: