ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމަރުން ގޭގައި ތިބުމަށް ހިތްވަރު ދިނުމުގެ ގޮތުން އުރީދޫއިން ޚާއްސަ އޮފާތަކެއް!

އުރީދޫގެ ގެނެރަލް މީޓިންއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި ކޮވިޑް 19 ވައިރަސް ހަލުވިކަމާއިއެކު ފެތުރެމުން ދާ މި ދަނޑިވަޅުގައި އުރީދޫގެ ކަސްޓަމަރުންނަށް ގޭގައި ތިބުމަށް އެހީތެރިވުމުގެ ގޮތުން އުރީދޫއިން ހާއްސަ އޮފަރތަކެއް ތައަރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވިސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ފެށޭ ޖޫން މަހުގެ ދެވަނަ ދުވަހުން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑް، ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބޭ ޚާއްޞަ އޮފަރތަކާއިއެކު، ގޭގައި ތިބެގެން އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އެހެނިހެން ޑިޖިޓަލް ޚިދުމަތްތައްވެސް ބޭނުންކުރުމުގައި ލުޔެއް ލިބިގެންދާނެ ކަމަށެވެ.

2 ޖޫން 2021 އިން ފެށިގެން ލިބިވަޑައިގަންނަވާ ޚާއްޞަ އޮފަރތައް:

  • ސުޕަރނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50އާއި ހަމައަށް އިތުރު ޑޭޓާ
  • ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %30އާއި ހަމައަށް އިތުރު ޑޭޓާ
  • ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަންގަވާފަރާތްތަކަށް %200އާއި ހަމައަށް އިތުރު ޑޭޓާ ލިބުން. މި އެޑް-އޮންތައް މިހާރު ‘ވަރަށް ތަފާތު’، ‘އެކު ޕޯސްޓްޕެއިޑް’ އަދި ‘އާޗާ ޕޯސްޓްޕެއިޑް’ ގެންގުޅުއްވާ ފަރާތްތަކަށްވެސް ލިބިވަޑައިގަންނަވާނެއެވެ.
  • ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަންގަވާފަރާތްތަކަށް %50އާއި ހަމައަށް އިތުރު ޑޭޓާ
  • ސޯޝަލް މީޑިއާއަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިންގއަށް ޚާއްޞަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް %100އާއި ހަމައަށް އިތުރު ޑޭޓާ
  • 2 ޖޫން 2021 ގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބަރ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން
  • ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު ‘އެކު ޕޯސްޓްޕެއިޑް’، ‘ތަފާތު ޕޯސްޓްޕެއިޑް’ އަދި ‘އާޗާ ޕޯސްޓްޕެއިޑް’އަކަށްވެސް އަޕްގްރޭޑްކޮށްލެވޭނެއެވެ.
  • އާޗާ 1ޖީބީ/ޑޭ ޕްލޭންސްއަށް 2 ގުނަ ޑޭޓާ، މިގޮތުން ދުވާލަކު 2ޖީބި ލިބިގެންދާނެ
  • މަގޭ ޕްލޭން އެކްސްކްލޫސިވް އޮފަރ އާއިއެކު އުރީދޫ އެޕް މެދުވެރިކޮށް %100 އަށްވުރެ ގިނަ ޑޭޓާ
  • ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުންކޮށްލެވުން

އުރީދޫއިން ކަސްޓަމަރުންނަށް އަލަށް ތައަރަފްކުރި އޮފަރތަކާއި ގުޅޭގޮތުން، އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވީ، ކޮވިޑް 19 ޕެންޑެމިކް ފެށުނީއްސުރެ  ކަސްޓަމަރުންނަށާއި، މުޖުތަމައުއަށް އަދި އުރީދޫގެ ޓީމަށްވެސް އުރީދޫ މޯލްޑިވްސްއިންދަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން އަނެއްކާވެސް ކޮވިޑްގެ އާ ރާޅަކާ ކުރިމަތިލަމުންދާއިރު މިއަދު ތައަރަފް ކުރެވުނު ޚާއްޞަ އޮފަރތަކާއި އެކު އުންމީދަކީ އެކަކު އަނެކަކާއި ގުޅުވާލަދީ ރައްކާތެރިކަމާއި އެކު ގޭގައި ތިބުމަށް ލުޔެއް ލިބިގެންދިއުން ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: