ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން އިތުރު ދެ މީހަކު ނިޔާވެ، ޖުމްލަ އަދަދު 167 އަށް!

ކޮވިޑް ރެންޑަމް ސާމްޕަލް ނެގުމަށް މީހުން މަޑުކުރުވަން ފުލުހަކު ހަރަކާތްތެރިވަނީ/ ފޮޓޯ: އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނުރައްކާތެރި ކޮވިޑް 19 ވައިރަހަށް ފަރުވާދެމުން ދިޔަ އިތުރު ދެ ދިވެހިން ނިޔާވެ، މިހާތަނަށް ދިވެހި ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 167 އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބަލިވެގެން އައިޖީއެމްއެޗްގެ އީއާރް އަށް ގެނައި 89 އަހަރުގެ އަންހެނެއް މިއަދު މެންދުރު 1:51 ހާއިރު ނިޔާވެފައިވާ ކަމަށެވެ. މީގެއިތުރުން އެޗްޕީއޭއިން ކުރި އިތުރު ޓްވީޓެއްގައި ބުނެފައި ވަނީ އެޗްއެމްއެފް ގައި ފަރުވާދެމުން ދިޔަ 62 އަހަރުގެ ފިރެހެނެއް މިއަދު މެންދުރު 2:43 ހާއިރު ނިޔާވެފައިވާ ކަމަށެވެ.

https://twitter.com/HPA_MV/status/1399689800114868229?s=20

https://twitter.com/HPA_MV/status/1399689754371792896?s=20

މިއަދު މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މިވަނީ 6 މީހުން ނިޔާވެފައެވެ. އެގޮތުން މިއަދު ކުރިން ނިޔާވި 4 މީހުންގެ ތެރެއިން 3 މީހުން މަރުވެފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮންނެވެ. ހަތަރު ވަނަ މީހާ މަރުވެފައި ވަނީ ބ. އަތޮޅު އޭދަފުށީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: