ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިޔާގެ ވެކްސިން ހިލޭ ހަދިޔާ ކުރާނެ ކަމަށް ބުނެ ހުށަހެޅީ ފޭކް ލިޔުންތަކެއް: މިނިސްޓަރ ނަސީމު

ރަޝިޔާއިން އުފައްދާފައިވާ "ސްޕަޓްނިކް ވީ"ވެކްސިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިޔާއިން އުފައްދާފައިވާ “ސްޕަޓްނިކް ވީ” ވެކްސިންގެ 500،000 ޑޯޒް ހަދިޔާކޮށްދޭނެ ކަމަށް ބުނެ ސަރުކާރަށް ފޮނުވާފައި ވަނީ ފޭކް ޑޮކިއުމަންޓެއް ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްވަމުން މިނިސްޓަރ ނަސީމު ވިދާޅުވީ، ސްޕަޓްނިކް ވީ ވެކްސިންގެ 500،000 ޑޯޒް ހަދިޔާކުރުމަށް އަމިއްލަ ކުންފުންޏަކުން ހުށައެޅުން ލިބުމާއި ގުޅިގެން އެ ސިޓީގެ ސައްހަކަން ބެލުމަށް ފޮރިން މިނިސްޓްރީއަށް ހުށައެޅި ކަމަށާ މިނިސްޓްރީން ބެލި ބެލުމުން އެ ކުންފުނިން ހުށައަޅާފައިވަނީ ފޭކު ޑޮކިއުމަންޓްތަކެއް ކަން އެނގިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފަދަ އޮފާތައް ލިބެމުންދާ ކަމަށާއި، އެހެންކަމުން އެކަން ކަށަވަރު ކުރަނީ ސަރުކާރުން ސަރުކާރަށް ގުޅައިގެން ކަމަށެވެ. ރާއްޖެއިން ވަނީ ރަޝިއާގެ އަތުން 200،000 ޑޯޒްގެ ސްޕަޓްނިކް ވީ ވެކްސިން ގަތުމަށް އެއްބަސްވެފައެވެ. އެގޮތުން މިނިސްޓަރ މިރޭ ވަނީ އެހީތައް އޮފަރ ކުރާއިރު އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްވެސް ކޮށްފައެވެ.

އެގޮތުން މިރޭ ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ނަސީމް ވަނީ ރޭ ކޮވިޑް ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދުގެ މަރުގައި އިހްމާލުވެފައިވާ ކަން ގަބޫލު ކުރައްވައި ކަމަށް ވިދާޅުވެ އެކަން ތަހްގީގު ކުރުމަށްފަހު އަޅަން ޖެހޭ ފިޔަވަޅުތައްވެސް އަޅުއްވާނެ ކަން ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: