ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދ. ބަނޑިދޫއިން ކޮވިޑްގައި މީހަކު ނިޔާވެއްޖެ

ފޮޓޯ-ފެށުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދިޔަ ދ. ބަނޑިދޫ މީހަކު ނިޔާވެއްޖެއެވެ.

ބަނޑިދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ “ސަންގު” އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެރަށުން ނިޔާވެފައިވަނީ އުމުރުން 76 އަހަރުގެ ފިރެހެނެއް ކަމަށެވެ. މި މީހާ މަރުވެފައިވަނީ 11:15 ހާއިރުކަމަށް ބަނޑިދޫ ކައުންސިލުން ވިދާޅުވިއެވެ.

ނިޔާވި މީހާއަށް ކޮވިޑް ޖެހުނުތާ މިއަދަށް 14 ދުވަސް ވަނީ ވެފައެވެ. އޭނާ ނިޔާވީ ނޭވާލާން ދަތިވެ ހާލު ސީރިއަސް ވެގެންނެވެ. އޭނާއަކީ ދާއިމީ ބައްޔަށް ފަރުވާ ކުރަމުން އައި މީހެއްނަމަވެސް މީގެ ހަތަރު ދުވަސްކުރިއާ ހަމައަށް އެ މީހާގެ ހާލު ސީރިއަސް ނުވާކަމަށް ހެލްތް ސެންޓަރުން ބުނެފައިވާކަމަށް ބަނޑިދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހައިރިސްކް އުމުރުން ދުވަސްވީ މީހަކު ކޮވިޑް ޖެހިގެން މިހާ ދުވަސްވެ ހާލު ސީރިއަސް ވާން ފެށުމުން ފެސިލިޓީ އަކަށް ބަދަލް ނުކުރެވުނީ ކީއްވެތޯ ސުވާލް ކުރުމުން ކައުންސިލްގެ ރައީސް ވިދާޅުވީ އާއިލާއިން ފެސިލިޓީއަކަށް ގެންދަން ބޭނުން ނުވީ ކަމަށެވެ. ހެލްތް ސެންޓަރުން ފެސިލިޓީއަކަށް ގެންދަން ބުނި ނަމަވެސް އާއިލާއިން އެކަމާ ދެކޮޅުހެދީކަމަށް ކައުންސިލް ރައީސް މައުލޫމާތު ދެއްވިއެވެ.

އަދި ހާލު ދެރަވާން ފެށުމުން ރޭގެ ވަގުތެއްގައި ފެސިލިޓީއަށް ގެންދަން އާއިލާއިން އެއްބަސްވުމުން އެކަމުގެ އިންތިޒާމްތައް ރޭ ހަމަޖައްސާފައިވާކަމަށް މައުލޫމާތު ދިނެވެ. ނަމަވެސް ވަގުތުން ގެންދިއުމުގެ އިންތިޒާމް ހަމަނުޖެހުނު ކަމަށާއި މިއަދު 01:30ގައި ފެސިލިޓީއަށް ގެންދަން ހަމަޖެހިފައި އޮތް ކަމަށް ބަނޑިދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި 175 ވަނަ މީހާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: