ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ވިސްނުމަކީ އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައި ނުވާ ވިސްނުމެއް: ރައީސް ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ތަރައްގީ ކުރުމުގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށާއި، އެ ވިސްނުމަކީ އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައިވާ ވިސްނުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓިގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށް އިންޑިއާއިން ނިންމާފައިވާއިވާކަން ހާމަކުރި ހިސާބުން އެކަމާއި ގުޅޭގޮތުން ރައްޔިތުންނާއި ބައެއް ސިޔާސީ ބޭފުޅުންގެ މެދުގައިވެސް ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާއި ބެހޭގޮތުން ރައީސް ނަޝީދުގެ ވިސްނުން ހުރިގޮތް ކިޔައިދެއްވައި، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫގައި އިންޑިއާގެ ކޮންސިއުޓޭއް ގާއިމުކުރުމުން، އެކަމުން ދިވެހި ރާއްޖެއަށްވެސް އަދި އިންޑިއާއަށް ވެސް ލިބެން އޮތީ ފައިދާ ކަމަށެވެ.

މީގެއިތުރުން ރައީސް ނަޝީދު ވަނީ އެ ޓްވީޓްގައި އައްޑޫ ތަރައްގީ ކުރުމުގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމަށާއި، އެ ވިސްނުމަކީ އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައިވާ ވިސްނުމެއް ނޫން ކަންވެސް ފާހަގަކުރައްވައިފައެވެ.

އައްޑޫގައި ގާއިމުކުރަން މަސައްކަތް ކުރަމުންދާ އިންޑިއާގެ ކޮންސިއުލޭޓް އޮފީހާއި ދެކޮޅަށް ވަނީ “ސޭވް އައްޑޫ” ގެ ނަމުގައި ޕެނަލް ޑިސިކަޝަންތަކެއް ވެސް ފަށައިފައެވެ. އިންޑިއާގެ ކޮންސިއުލޭޓާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފަހުން ވިދާޅުވެފައިވަނީ، އެ ނިންމުމަކީ އިންޑިއާގެ ނިންމުމެއް ކަމަށާއި، އެކަމުގައި ދިވެހި ސަރުކާރުން ގޮތެއް ނުނިންމާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: