ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19: ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް!

ފޮޓޯ-ހުރިހާ.އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރާއްޖެއިން އަލަށް ކޮވިޑް-19އަށް 590 މީހުން ޕޮޒިޓިވްވެއްޖެއެވެ.

މިއަދުވެސް ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑީރި ތެރޭގައި އަލަށް ބައްޔަށް 590 މީހަކު ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން 389 މީހަކާ އަތޮޅުތެރޭގެ ރަށްރަށުން 195 މީހެއްގެ އިތުރުން ހަދަމުންދާ ރިސޯޓްތަކުން 6 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ކޮވިޑް-19އަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދު މިވަނީ 67،583 އަށް އަރާފައެވެ.

ފާއިތުވި ހަފްތާ ތަކުގައި ޕޮޒިޓިވް ކޭސްތައް 2000 އިން މައްޗަށް އަރައިގެން ދިޔަ ނަމަވެސް ރާއްޖެއިން ފެންނަ ކޭސްތައް އަނެއްކާވެސް މިވަނީ ދަށްވާން ފަށާފައެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ހުރި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 20،014 އަށް ދައްވެފައެވެ. އަދި މިބަލީގައި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދުވެސް ވަނީ 191 އަށް ދަށަށް ގޮސްފައެވެ. މިހާތަނަށް ރާއްޖެއިން ޖުމްލަ 47،333 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑީރުގެ ތެރޭގައި ކޮވިޑަށް ޓެސްޓް ކުރުމަށް 5،256 ސާމްޕަލެއް ވަނީ ނަގާފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑްގައި ފަރުވާ ހޯދަމުން ދަނިކޮށް 182 މީހަކު ވަނީ ނިޔާ ވެފައެވެ. އެގޮތުން މިއަދު އެކަނިވެސް ކޮވިޑްގައި 28 އަހަރުގެ ޒުވާން އަންހެނެއް ހިމެނޭހެން ފަސް މީހުންވަނީ މިބަލީގައި ނިޔާވެފައެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ފާއިތުވި މަހުން ފެށިގެން ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: