ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޝީލްޑްގެ ދެވަނަ ޑޯޒު 16 ހަފްތާ ފާއިތުވުމުންވެސް ޖެހޭނެ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަފްޒަލް މައުލޫމާތު ހިއްސާ ކުރަްއވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކޮވިޝީލްޑް ވެކްސިނުގެ ފުރަތަމަ ޑޯޒު ޖަހައިތާ 16 ހަފްތާ ފަހުންވެސް ދެވަނަ ޑޯޒު ޖެހޭނެ ކަމަށް އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައުލޫމާތު ދެމުން، ޑރ އަފްޒަލް ވިދާޅުވީ، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހުމަށް އޮންނަ 16 ހަފްތާ ފާއިތުވެގެން ދިޔަނަމަވެސް، ފުރަތަމަ ޑޯޒު ޖަހާފައިވާ މީހުންނަށް އެ މުއްދަތު ފަހަނަ އަޅައިދާ ފަހުންވެސް ވެކްސިން ޖަހައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު 16 ހަފްތާ ތެރޭގައި ނުޖަހައިފިނަމަ، ވެކްސިނުން ލިބެން ޖެހޭ ރައްކާތެރިކަން އެންމެ ފުރިހަމައަށް ނުލިބޭނެ ކަމަށެވެ. ފުރަތަމަ ޑޯޒު ޖަހައި ހިސާބުންވެސް ކޮވިޑް 19 އިން ވަރަށް ބޮޑަށް ރައްކާތެރިކަން ލިބޭނެއެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒު ލައްކައަކަށް ވުރެ ގިނަ މިބުން ޖަހާފައިވަނިކޮށް، ރާއްޖެއިން ވަނީ ކޮވިޝީލްޑް ވެކްސިން ހުސްވެފައެވެ. ސަރުކާރުން ދަނީ ކަމާއި ގުޅޭ އިދާރާތަކާއި އެކުގައި ކޮވިޝީލްޑް ވެކްސިން އިންޑިއާ އަތުން ގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 7%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަހަރުމެންނަށް އިގެޔޭ ޖެހީމަ ޖެހޭނެކަން ވެކްސިންޖަހާތާ އަހަރެއް ފަހުން ޖެހިޔަސް–އެކަމަކު އެއިން ރައްކާތެރިކަން ލިބޭނީ ކިހާވަރަކަން ބުނެދީބަލަ ތަފްސީލް ކޮށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: