ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މަޖިލީހުގެ މެޖޯރިޓީ އޮވެގެން މި ނޫނިއްޔާ ނަކަސް ތަޅާ ސަރުކާރެއް ނުދެކެން”

މެމްބަރު މުސްތަފާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމު މުހައްމަދު ޞާލިހްގެ ސަރުކާރު ނޫނިއްޔާ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮއްވައި “ނަކަސް ތަޅާ” ސަރުކާރެއް ނުދެކޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އެގޮތުން 2019 ވަނަ އަހަރު ބޭއްވުނު މަޖިލިސް އިންތިހާބުގައި ރައްޔިތުން ވަނީ މޯލްޑިވިސް ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ) އަށް ސުޕަރ މެޖޯރިޓީއެއް ހޯދައިދީފައެވެ. މިއަދު ކުރެއްވި ޓްވީޓެއްގައި މުސްތަފާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 3 ބައިކުޅަ ދެބައަށްވުރެ ވެސް ބޮޑު މެޖޯރިޓީއެެއް އެއް އޮވެގެން ނޫނިއްޔާ ނަކަސް ތަޅާ ސަރުކާރެއް މިގައުމުގައި އުފެދިފައިނުވާ ކަމަށެވެ.

https://twitter.com/Thimarafushi/status/1401822343157018625?s=20

މުސްތަފާ އެފަދައިން ވިދާޅުވެ ސަރުކާރަށް ފާޑުކިޔުއްވާފައިވާ މި ދަނޑިވަޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުގެ 241 ކޮމެޓީއިން ހިންގާ ޕާލިމެންޓްރީ އިންކުއަރީ އަށް ވަކިވަކި ސިފައިން ފޮނުވުމަށް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިންކާރުކުރި މައްސަލައިގަ ޑިފެންސްގެ ޑެޕިއުޓީގެ މައްޗަށް ދައުވާކުރުމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބެހޭ ކޮމެޓީއަށް ރައީސް ނަޝީދު ފޮނުއްވި ސިޓީ ބަލައިނުގަނެ ބޭރުކޮށްލާފައިވާ ދަނޑިވަޅެކެވެ.

އެގޮތުން މަޖިލީހުގެ އިމްތިޔާޒުތަކާއި ބެހޭ ކޮމެޓީއިން އެ މައްސަލަ ބޭރުކޮށްލުމުން މިވަގުތު ވަނީ އެމްޑީޕީގެ އެތެރޭގައި ބޮޑު ކޯޅުންތަކެއްވެސް އުފެދިފައެވެ. އެކަމާއި ގުޅިގެން ބައެއް މީހުން ވަނީ މަޖިލީހުން ހިންގާ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްގީގަށް ސަރުކާރާއި ސީދާ ރައީސް ޞާލިހް ނުފޫޒުފޯރުވައި ކަމަށްވެސް ތުހުމަތު ކުރައްވައިފައެވެ. އެހެންނަމަވެސް މިއަދު ނޫސްވެރިިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގައި، 241 ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމު ވަނީ ސަރުކާރުގެ އެެއްވެސް އިދާރާއަކުން ނުވަތަ ރައީސް ޞާލިހް އިންކުއަރީއަށް ބާރު ފޯރުވާކަން އެނގިފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. އިބްރާ މެން ކަހަލަ މީހުން އާންމު ތަންތާ ގޮވިޔަކަސް “ނަކަސް ތަޅާ” މިބަހަކީ ރޯ އައުގުރާނަ ބަހެއް. ކުޑަމިނުން ފިލި ކަނޑާލުން އެދެން. ތިގޮތަށް އާންމު ލިއުންތަކުގަ ބޭނުން ކުރީމަ މިހާރުގެ ކުދިން “ޅައި” ބޭނުންކުރާހެން އާންމު ބަހަކަށް ހެދުން ގާތް. ވިސްނަވާ!

  2. މުމުސްތުފާބުނާހެން ނަކަސްތަޅަމުން އަޗާތަޅާއާލާއްވަރެއްމީ

  3. ތިއީ ނޫހުގައި ޖަހަން އެކަށީގެންވާ ބަހެއް ނޫން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: